ފައިނަލް މެޗަށް ކާތިކް ވެސް ގަތަރަށް ދިޔަ

ފައިނަލް މެޗަށް ކާތިކް ވެސް ގަތަރަށް ދިޔަ

Author
ފާތިމަތު ނާވީ
19 ޑިސެމްބަރ 2022 03:25
0

ބޮލީވުޑްގެ އެންމެ ޑީމާންޑް ބޮޑު އަދި ޒުވާން ތަރި ކާތިކް އާރިޔާންވެސް ރޭ ކުރިއަށް ދިޔަ ވާލްޑްކަޕްގެ ފައިނަލް ބަލާލުމަށް ގަތަރަށް ދަތުރު ކޮށްފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދެއްގެ ބަޔަކު ރޭ ކުޅުނު ފައިނަލް މެޗު ބަލާލުމަށް ވަނީ ގަތަރަށް ގޮސްފައިއެވެ. ވޯލްޑްކަޕްގެ ފައިނަލް ގައި ރޭ ބައްދަލު ކޮށްފައިވަނީ ފްރާންސް އާއި އާޖެންޓިނާއެވެ. މެޗު ކާމިޔާބުކޮށް ވާލްޑް ކަޕް ކާމިޔާބު ކޮށްފައިވަނީ އާޖެންޓީނާއެވެ.

ފުޓްބޯޅަ އަށް ވަރަށް ލޯބިކުރާ އަދި އެ ކުޅިވަރު ކުޅޭ ޒުވާން އެކްޓަރު ވަނީ ގަތަރަށް ފުރިކަން ބޯޑިން ފާހާ އެކު ސޯޝަލް މީޑިއާގައި ވެސް ހިއްސާކުރަމުން ބުނެފައިވަނީ "ފުޓްބޯޅަ އަކީ ޕެޝަނެއް" ކަމަށެވެ.

 

View this post on Instagram

 

A post shared by KARTIK AARYAN (@kartikaaryan)

ކާތިކްގެ މަސައްކަތަށް ބަލާއިރުގައި އޭނާގެ ދެ ފިލްްމްއެއް ވަނީ މިއަހަރު ރިލިޒް ވެފައިއެވެ. އެއީ މިއަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމް ކަމުގައި "ބޫލް ބުލައްޔާ 2″ ގެ އިތުރުން ބޮޑޫ ތަރުހީބެއް ލިބުން ފިލްމް "ފްރެޑީ"އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.