ޑެވޮލީނާ ކައިވެނިކޮށްފި

ޑެވޮލީނާ ކައިވެނިކޮށްފި

Author
ފާތިމަތު ނާވީ
19 ޑިސެމްބަރ 2022 08:41
0

މަގުބޫލު ސިލްސިލާ ޑްރާމާ "ސާތު ނިބާނާ ސާތިޔާ" އިން ގޯބީ ބާހުގެ ކެރެކްޓާ ކުޅެގެން ބެލުންތެރިންގެ މަގުބޫލު ކަން ހޯދައިފައިވާ ޓިވީ ތަރި ޑެވޮލީނާ ބަޓަޗަރްޖީ ކައިވެނިކޮށްފި އެވެ.

37 އަހަރުގެ ބަތަލާ ކައިވެނިކުރީ އަންގާރަ ދުވަހު އެވެ. ކައިވެނީގެ ތައްޔާރީތަކުގެ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ. އޭނާ ކައިވެނި ކޮށްފައިވަނީ ޖިމް ޓްރެއިނާ ޝެހްނަވާޒް ޝެއިހް އާއި ކަމަށް ހަބަރުތަށް އަންނަނީ ބުނެމުންނެވެ.

 

View this post on Instagram

 

A post shared by Devoleena Bhattacharjee (@devoleena)

ޑެވޮލީނާއާ މިހާތަނަށް އެންމެ ބޮޑަށް އަޅުވާކިޔާފައި ވަނީ "ސާތު ނިބާނާ ސާތިޔާ" ގައި ޖިގަރު މޯދީގެ ރޯލު ކުޅުނު ވިޝާލް ސިންގް، 37، އެވެ.  އަދި އެމީހުން އެންގޭޖް ކުރި ކަމުގެ އަޑުތަކެއްވެސް އެރިވެސް މެއެވެ. ވިޝާލް ވަނީ މި ކައިވެނި ހަފްލާގައި ބައިވެރިވެފައިއެވެ.

އެހެން ސެލެބްރިޓީންގެ ކައިވެންޏާއި ހިލާފަށް ޑެވިލީނާގެ ކައިވެނި އޮތީ ވަރަށް އާދައިގެ ގޮތަކަށް ކަމަށް ވެއެވެ. އަދި ކައިވެނި ހަފްލާގައި ބައިވެރިވީ ދެފަރާތުގެ އާއިލާއާއި ގާތް އެކުވެރިން އެކަނި ކަމަށްވެސް ވެއެވެ.

"ސާތު ނިބާނާ ސާތިޔާ" ގެ އިތުރުން ޑެވޮލީނާ ވަނީ "ބިގް ބޮސް 13″ ގެ އިތުރުން އޭނަ އެ ޝޯގެ 14 އާއި 15 ގައި ވެސް ހިއްސާވެފައިއެވެ. ނަމަވެސް މިފަހުން އޭނާގެ ޑްރާމާ އެއް ފެނިގެން ގޮސްފައިއެއް ނުވެއެވެ.

 

 

 

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.