ބްރިޖު އަޅާ އެފްކޯންގެ މުވައްޒިފުން ގުޅީފަޅުގައި މުޒާހަރާ ކުރަނީ

ބްރިޖު އަޅާ އެފްކޯންގެ މުވައްޒިފުން ގުޅީފަޅުގައި މުޒާހަރާ ކުރަނީ

Author
މުޙައްމަދު ޝަޒައިމް
17 ޑިސެމްބަރ 2022 11:34
0

ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒިފުން ގުޅީފަޅުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.

ބްރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ތިބުމަށް ގުޅީފަޅުގައި ހަދާފައިވާ އެކަމޮޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒިފުންނަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ. އަދި ހާލަތު ސީރިއަސްވެގެން 6 މުވައްޒިފަަށް ދަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.

ބްރިޖުގެ މަސައްކަތަށް ގުޅީފަޅުގައި އަލަށް ހިއްކި ސަރަހައްދުގައި އެފްކޮންސްގެ މުވައްޒަފުން މުޒާހަރާ ކުރަން ފެށީ، އެއް މުވައްޒަފަކު މަދުކަން އެނގި އެކަން ރިޕޯޓުކުރުމުންވެސް އެކަމާ ކުންފުނީގެ މެނޭޖުމެންޓުން އަޅާނުލުމުންނެވެ. އެމީހާގެ ހަށިގަނޑު ފެނިފައިވަ ނުވާއިރު، ކުންފުނީގެ މެނޭޖްމެންޓަށް އެ އެކޮމޮޑޭޝަން ބްލޮކްގައި މުޅި އެކު އުޅެނީ ކިތައް މީހުންކަން ނުވެސް އެނގޭކަމަށް މައުލޫމާތު ލިބެއެވެ.

ގިނަ އަދަދެއްގެ މުވައްޒިފުން މުޒާހަރާ ކުރަމުންދާއިރު މިކަން ހުއްޓުވުމަށް އަދި މާބޮޑު މަސައްކަތްތަކެއް ކުރާތަނެއް ފެނިފައިނުވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އަނދައި ހުލިވީ 465 މީހުން އުޅެމުން ދިޔަ އެކަމޮޑޭޝަން ބްލޮކެއްގައެވެ. އޭގެ ތެރެއިން 73 މީހަކަށް އަނިޔާވިއެވެ. 13 މީހަކު އައިޖީއެމް ހޮސްޕިޓަލަށް އަދި 60 މީހުން ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އެބަ ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.