ވޯލްޑްކަޕް ފައިނަލް ބަލާލުމަށް ޝާހުވެސް ގަތަރަށް

ވޯލްޑްކަޕް ފައިނަލް ބަލާލުމަށް ޝާހުވެސް ގަތަރަށް

Author
ފާތިމަތު ނާވީ
18 ޑިސެމްބަރ 2022 01:54
0

މިހާރު ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ ފައިނަލް މެޗް ބަލާލުމަށް ބޮލީވުޑްގެ ސްޕަސްޓާރު ޝާހުރުކް ހާން ގަތަރަށް ދާނެކަން ހާމަކޮށްފިއެވެ.

ވޯލްޑް ކަޕް ފެށުނީންސުރެ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ސެލްބްރިޓީން އަންނަނީ ގަތަރަށް ޒިއާރަތް ކުރަމުންނެވެ. އެގޮތުން ބޮލީވުޑްގެ ގިނަ އަދަދެއްގެ ތަރިން ވެސް އަންނަނީ ގަތަރަށް ޒިއާރަތް ކުރަމުނެވެ.

ޝާހު ގަތަރަށް ފައިނަލް މެޗް ބަލާލުމަށް ދާއިރުގައި އޭނާގެ ކުރިއަށް އޮތް ފިލްްމް "ޕަޓާން"ވެސް ޕްރޮމޯޓް ކުރާނެއެވެ. ކުޑަ ބްރޭކަކަށް ފަހު ޝާހު އެނބުރި އައުން ފާހަގަ ކުރާ ފިލްމްގެ ބަތަލާ އަކީ ދީޕިކާ ޕަޑުކޯންއެވެ. ދީޕިކާ ވެސް ގަތަށް ދިއުމަށް ވަނީހަމަޖެހިފައެވެ.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

އަދި ވޯލްޑް ކަޕް ނިމުމުގެ ރަސްމިއްޔާތަށް ބޮލީވުޑްގެ ގިނަ ތަރިން ތަކެއް ދާނެކަން މިހާރު ވަނީ ކަށަވަރު ވެފައިއެވެ. އެގޮތުން ބޮލީވުޑްގެ ޕަވާ ކަޕުލްގެ ގޮތުގައި މަޝްހޫރު ދީޕިކާ ޕަދުކޯން އާއި ރަންވީރް ސިންގް ގެ ދެމަފިރިންވެސް ފައިނަލް މެޗް ބަލާލުމަށް ދާނެއެވެ. މިއަހަރުގެ ފީފާ ވޯލްޑްކަޕްގެ ތަށީ ދައްކާލުމުގެ ފަހުރުވެރި ޝަރަފުވެސް ދީޕިކާ އަތުގައި އޮތް އިރުގައި އޭނާ ގަތަރަށް ވަރަށް އަވަހަށް ދާނެއެވެ.

 

View this post on Instagram

 

A post shared by Deepika Padukone (@deepikapadukone)

"ޕަޓާން" ސިނަމާ ތަކަށް ގެނައުމަށް ތާވަލް ކޮށްފައިވަނީ އަންނަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.