ރިއާގެ ލޯބިވެރިއަކީ ބަންޓީ

ރިއާގެ ލޯބިވެރިއަކީ ބަންޓީ

ގުޅުންހުރި

2020 ވަނަ އަހަރު ދަން ޖެހިގެން މަރުވެފައި ހުއްޓާ ފެނުނު ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ސުޝާންތު ސިން ރާޖް ޕޫތު މަރުވި އިރުގައި ލޯބީގެ ގޮތުން ގުޅިގެން އުޅުނު ރިއާ ޗަކްރަބޮތީގެ ހަޔާތަށް އާ ލޯބިވެރިއަކު އަތުވެއްޖެއެވެ.

ސުޝާންތު މަރުވިތާ ދެ އަހަރުފަހުން ރިއާ މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތަށް މިވަނީ ގަދަވެފައެވެ. އެގޮތުން އޭނާ ރައްޓެހިވެގެން އުޅެނީ ބަންޓީ ސަޖްދޭ އާއި ކަމަށް ޚަބަރުތައް ބުނެއެވެ.

30 އަހަރުގެ ބަތަލާ މިހާރު ރައްޓެވިގެން އުޅޭ ބަންޓީ އަކީ މީގެ ކުރިން ބަތަލާ ސޮނާކްޝީ ސިންހާވެސް ލޯބީގެ ގޮތުން ގުޅީގެން އުޅުން މީހެކެވެ. މީގެ އިތުުރުން ބައެއް ނަން މަޝްހުރު ތަރިންނާއި ބަންޓީ ވަނީ ރައްޓެހިވެފައެވެ. އެގޮތުން ސަމީރާ ރެޑީ، ދިއާ މިރްޒާ އަދި ނޭހާ ދޫޕިއާ އާއި ސުޝްމީތާ ސެން ފަދަ ތަރިން ހިމެނެއެވެ.

46 އަހަރުގެ ބަންޓީ އަކީ ސީމާ ސަޖްދޭގެ ބޭބެއެވެ. ސީމާ އަކީ ސޮހޭލް ޚާންގެ އަންހެނުންނެވެ. ސޮހޭލް އަކީ ސުޕަސްޓަރ ސަލްމާނާ ޚާންގެ އެއްބަޑު އެއްބަފަ ކޮއްކޮއެވެ. ނަމަވެސް ސޮހޭލް އާއި ސީމާ ވަނީ މިއަހަރުގެ ތެރޭގައި ވަރިވެފައިއެވެ. ސީމާ އަންނަނީ ނެޓްފްލިކްސް އިން ގެނެސްދޭ ޝޯވ "ފެބިއުލަސް ލައިފް އޮފް ބޮލީވުޑް ވައިވްސް" ގައި ވެސް ފެންނަމުންނެވެ.

 

View this post on Instagram

 

A post shared by Rhea Chakraborty (@rhea_chakraborty)

ބަންޓީ އަކީ ސީމާއެކޭ އެއްފަދައިން ފެޝަން ޑިޒައިނަރެކެވެ. މީގެ އިތުރުން އޭނާ އަންނަނީ 'ކޯނާ ސްޕޯޓްސް' ކިޔާ ވިޔަފާރީއެއް ވެސް ހިންގަމުންނެވެ. އެއީ އޭލިސްޓްގެ ތަރިންނަށް މެނޭޖަރުން ފޯރު ކޮށްދޭ ކުންފުންޔެކެވެ. އެގޮތުން އޭނާ ވަނީ މަޝްހޫރު ކްރިކެޓް ކުޅުން ތެރިއާ ވިރާޓް ކޯލީ އަދި ޓެނިސް ކުޅުން ތެރިއާ ސާނިއާ މިރްޒާ ފަދަ މީހުންނަށް މެނޭޖަރުން ފޯރުކޮށްދީފައެވެ.

 

View this post on Instagram

 

A post shared by Bunty Sajdeh (@buntysajdeh)

ބަންޓީ ވަނީ 2009 ވަނަ އަހަރުގައި އޭނާގެ ދުވަސްވީ ލޯބިވެރިއާ އަންބިކާ ޗައުހަން އާއި ކައިވެނި ކޮށްފައިއެވެ. ނަމަވެސް ކިތަންމެ ލޯބިން މި ކައިވެނި ކުރި ނަމަވެސް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދެމީހުން ވަނީ ވަކިވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ