"މެޓްރޯ 2″ އަށް ސާރާ އާއި އަދިތިޔާ

"މެޓްރޯ 2″ އަށް ސާރާ އާއި އަދިތިޔާ

އަނޫރާގް ބާސޫ ޑައިރެކްޓުކޮށް 2007 ވަނަ އަހަރު ރިލީޒްކޮށްފައިވާ ފިލްމު "ލައިފް އިން އެ މެޓްރޯ" ގެ ދެވަނަބައެއް އިއުލާން ކޮށްފައިވާ އިރުގައި އެ ފިލްމް އިން ފެނިގެންދާނީ ސާރާ އަލީ ޚާނާއި އަދިތިޔާ ރޯއި ކަޕޫރު ކަމަށް ބުނެފިއެވެ.

އަނޫރާގް ބާސޫ ޑައިރެކްޓުކޮށް 2007 ވަނަ އަހަރު ރިލީޒްކޮށްފައިވާ ފިލްމު "ލައިފް އިން އެ މެޓްރޯ"ގެ ރޯލަކަށް މިހާރުވަނީ ހުނަރުވެރި އެކްޓަރު އަލީ ފަޒަލް ސޮއިކޮއްފައި ކަމަށް މީޑިއާތަކުން މީގެ ކުރިން ވަނި ރިޕޯޓް ކޮށްފައިއެވެ.  ފިލްމްގެ ކާސްޓުގައި އަނޫޕަމް ކޭރާއި ނީނާ ގުޕްތާ އާއި ކޮންކޮނާ ސެން ޝަރުމާ އާއި އަލީ ފަޒަލް އާއި ޕަންކަޖް ޓްރިޕަތީގެ އިތުރުން ފާތިމާ ސަނާ ޝައިހް ހިމެނެ އެވެ.

 

View this post on Instagram

 

A post shared by T-Series (@tseries.official)

ފިލްމްގެ އައު އަޕްޑޭޓް އެއް އަނެއްކައިވެސް ލިބިފައިވާ އިރުގައި މި ފިލްމު ޕްރޮޑިއުސްކުރާނީ ބޫޝަން ކުމާރު ކަމަށާއި، ޑައިރެކްޓުކުރާނީ އޮރިޖިނަލް ފިލްމުގެ ޑައިރެކްޓަރު އަނޫރާގް ބާސޫ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ސީކުއަލް އަށް ކިޔަނީ "މެޓްރޯ އިންދިނޯ" ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މީގެ 15 އަހަރު ކުރިން ރިލީޒްކުރި އޮރިޖިނަލް ފިލްމުގައި ދައްކަނީ އިންޑިއާގެ މުމްބާއީގައި ދިރިއުޅޭ ތަފާތު 9 މީހެއްގެ ދިރިއުޅުމެވެ. "ލައިފް އިން އަ…މެޓްރޯ" ގެ ކާސްޓްގައި ކަންގަނާ ރަނާވަތު، އިރުފާން ޚާން، ޝައިނީ އަހޫޖާ، ކޮންކޮނާ ސެން ޝަރުމާ، ޝިލްޕާ ޝެޓީ، ކޭކޭ މެނަން، ދަރުމެންދުރާ، ނަފީސާ އަލީ އަދި ޝަރުމަން ޖޯޝީ ހިމެނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *