"މިޝަން މަޖްނޫ" އަންނަ މަހު ނެޓްފްލިކްސްއަށް

"މިޝަން މަޖްނޫ" އަންނަ މަހު ނެޓްފްލިކްސްއަށް

ހަގީގީ ހާދިސާ އެއްގެ މައްޗަށް ގެނެސް ދޭ ފިލްމް "މިޝަން މަޖްނޫ" އޯޓީޓީ ޕްލެޓްފޯމްއެއް ކަމުގައިވާ ނެޓްފްލިކްސް އިން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގައި ޕްރިމިއާ ކުރާގޮތަށް ނިންމައިފިއެވެ.

ނެޓްފްލިކްސް ގެ އޮފިޝަލް ޓްވިޓާ ގައި މި ފިލްމްގެ ޕޯސްޓަރެއް އާންމު ކޮށް ބުނެފައިވަނީ އެ ފިލްމް 20 ޖެނުއަރީގައި ނެޓްފްލިކްސް އިން ޕްރިމިއާ ކުރާނެ ކަމަށެވެ.

މި ފިލްމްގައި ސިދާތާއި އެކު ފެނިގެން ދާނީ ސައުތުގެ އެކްޓްރެސް ރަޝްމީކާ މަންދަނަ އެވެ. ރަޝްމީކާ އަކީ ޓެމިލް ފިލްމް އިންޑަސްޓްރީގައި އޭ ލިސްޓްގެ ތަރިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ. އެގޮތުން އޭނާގެ ފިލްމް "ޕުޝްބާ" އަކީ ބޮޑު ކާމިޔާބެއް ހޯދި ފިލްމްއެކެވެ.

ސިދާތު މި ފިލްމުގައި ސްޕައި އެއްގެ ރޯލު ކުޅޭ އިރު އޭނާ ވަނީ މިދިއަ އަހަރު ޑިސެމްބަރުގައި މި ފިލްމްގެ ފަޝްޓުލުކް ދައްކާލައިފައެވެ. މި ފިލްމްގެ ޑައިރެކްޓަރަކީ ޝަންތަނޫ ބަގްޗީއެވެ. ފިލްމް ގެ ޕްރޮޑިއުސަރުންނަކީ ރޯނީ ސުކުރުވާލާއި އަމްރު ބުޓާލާ އަދި ގަރީމާ މެހްތާ އެވެ.

މިއީ ސިދާތުގެ ފިލްމެއް ސިނަމާތަކަށް ނުގެނެސްދިން ޑިޖިޓަލްކޮށް ޕްރީމިއާކުރާ ދެވަނަ ފަހަރެވެ. ފުރަތަމަ ފިލްމަކީ މިދިޔަ އަހަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އެމެޒޯން ޕްރައިމް ވީޑިއޯ އަށް ގެނެސްދިން ކާމިޔާބު ވަތަނީ ފިލްމު "ޝޭރުޝާ" އެވެ.

 

View this post on Instagram

 

A post shared by Sidharth Malhotra (@sidmalhotra)

 

ސިދާތު އެންމެ ފަހުން ފެނުނީ މިދިޔަ އޮކްޓޫބަރު މަހު 25 ވަނަ ދުވަހު ރިލީޒްކުރު ފިލްމު "ތޭކްން ގޯޑް" އެވެ. ސިދާތުގެ އިތުރުން އަޖޭ ދޭވްގަން އާއި ރަކުލް ޕްރީތް ސިންގްވެސް މި ފިލްމުން ފެނުނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *