ބްރިޖުމަތީ ޓެކްސީއެއް ފުރޮޅާލައިގެން ނުރައްކާތެރި އެކްސިޑެންޓެއް

ބްރިޖުމަތީ ޓެކްސީއެއް ފުރޮޅާލައިގެން ނުރައްކާތެރި އެކްސިޑެންޓެއް

Author
މުޙައްމަދު ޝަޒައިމް
13 ޑިސެމްބަރ 2022 07:39
0

ހުޅުމާލޭގައި ޓެކްސީއެއް ފުރޮޅާލައިގެން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުން ބުނީ، ރޭ 22:30 ހާއިރު އެ ހާދިސާގެ ރިޕޯޓު ލިބިގެން ސީންއަށް ދިޔައިރު، ކާރު ދުއްވަން އިން އުމުރުން 45 އަހަރުގެ ޑްރައިވަރަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން އަދި ނުދެއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ، ހައިވޭއިން ހުޅުމާލެ އަރަން އޮންނަ މަގުގައެެވެ. ފުރޮޅާލާފައި އޮތް ޓެކްސީ އޮތް ސަރަހައްދުގައި ފުލުހުން ފިޔަވައި އިތުރު މީހަކު ނެތުމުން ބެލެވެނީ، މި އެކްސިޑެންޓު ހިނގި ޓެކްސީ އަކީ އެވަގުތު ފަސިންޖަރުން ގޮވައިގެން ދަތުރުކުރި ޓެކްސީއެއް ނޫން ކަމަށެވެ.

ފުލުހުން ބުނީ، އެ އެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.