ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ, ޔޫރަޕިއަން ޕާލަމެންޓުގެ އެއް ނައިބު ރައީސެއް ކަމުގައިވާ އީވާ ކައިލީ

ކޮރަޕްޝަންއާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ޔޫރަޕިއަން ޕާލަމެންޓްގެ ނާއިބު ރައިސާ ހައްޔަރު ކޮށްފި

ކޮރަޕްޝަންއާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ޔޫރަޕިއަން ޕާލަމެންޓްގެ ނާއިބު ރައިސާ ހައްޔަރު ކޮށްފި

ގުޅުންހުރި

ގަތަރު ސަރުކާރާއި ގުޅުންހުރި ނިންމުންތަކަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެގައުމުން ދިން ރިޝްވަތު ގަބޫލުކޮށް، ރިޝްވަތާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށް، ބެލްޖިއަމްގެ ފުލުހުން ޚާއްސަ ތަހުގީގެއް ލޯންޗު ކޮށްފިއެވެ.

މިމައްސަލާގައި މިހާތަނަށް ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ޔޫރަޕިއަން ޕާލަމެންޓުގެ އެއް ނާއިބުރައީސެއް ކަމުގައިވާ، ގްރީކްގެ މެމްބަރ އީވާ ކައިލީ ހިމެނޭކަމަށް މީޑިއާތަކުންވަނީ ރިޕޯޓު ކޮށްފައެވެ.

ޕްރޮސެކިއުޓަރުން ތުހުމަތު ކުރާ ގޮތުގައި، ޔޫރަޕިއަން ޕާލަމެންޓުގެ ނިންމުންތަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން މި މެމްބަރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ނުވަތަ ހަދިޔާ ދީފައިވަނީ ޤަތަރުގެ ސަރުކާރުންނެވެ. އެހެންނަމަވެސް ގަތަރުގެ ސަރުކާރުންވަނީ މި ތުހުމަތުތައް ދޮގު ކޮށްފައެވެ.

ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރާ މުވައްސަސާތަކުންނާއ އަދި ޕާލަމެންޓުގެ އިދިކޮޅު މެމްބަރުން ބުނެފައިވަނީ މިއީ ޔޫރަޕިއަން ޕާލަމެންޓުގެ ތާރީޚުގައި ހިގާފައިވާ ކޮރަޕްޝަންގެ އެންމެ ބޮޑު ކޭސް ކަމުގައި ވެގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ.

މި މައްސަލާގައި މިހާރު ހައްޔަރު ކޮށްފައިވާ، ޕާލަމެންޓުގެ 14 ނާއިބު ރައީސުންގެ ތެރޭގައި ހިމެނޭ އެއް ނާއިބު ރައީސެއް ކަމުގައިވާ ކައިލީ މިހާރުވަނީ ޕާލަމެންޓުގެ އެންމެހާ މަސައްކަތްތަކުން ސަސްޕެންޑް ކޮށްފައެވެ. އަދި އޭނާ ނިސްބަތްވާ، ގުރީކްގެ ސެންޓަރ-ލެފްޓް ޕަސޮކް ޕާޓީން މިހާރު ވަނީ އޭނާ ޕާޓީންވެެސް ވަކި ކޮށްފައެވެ. އޭނާ ނިސްބަތްވަނީ ޔޫރަޕިއަން ޕާލަމެންޓުގެ ސޯޝަލިސްޓު އަދި ޑިމޮކްރަޓިކް ގުރޫޕަށެވެ.

ބެލްޖިއަމްގެ ގާނޫނުގައި ވާގޮތުގެ މަތިން، މެމްބަރުންގެ ގެތައް ބަލާ ފާސްކުރާއިރު، އޭނާ ހާޒިރުވެ ހުންނަން ޖެހޭތީ ޔޫރަޕިއަން ޕާލަމެންޓުގެ ރައީސް ރޮބާޓާ މެޓްސޮލާ މިހާރުވަނީ އޭނާގެ ގައުމު ކަމުގައިވާ މޯލްޓާއިން ބެލްޖިއަމްގެ ބްރަސަލްސްއަށް ދަތުރު ކޮށްފައެވެ.

މެޓްސޯލާގެ ތަރުޖަމާން ވިދާޅުވެފައިވަނީ، މިމައްސަލައިގެ ތުހުމަތުގައި ބެލްޖިއަމްގެ ފުލުހުން މިހާރު ހައްޔަރު ކޮށްފައިވާ ކައިލީއާއި ގުޅުންއޮންނަ އަދި އޭނާއާއި މުއާމަލާތު ކުރާންޖެހޭ ހުރިހާ ފަރާތްތަކެއް ޕާލަމެންޓްގެ ރައީސާ މިހާރުވަނީ ޒިންމާތަކުން އެކަހެރި ކޮށްފައެވެ. އަދި ޔޫރަޕިއަން ޕާލަމެންޓުން އަބަދުވެސް ކޮރަޕްޝަނާއި ދެކޮޅުކަން ހާމަކޮށް އޭނާ ވިދާޅުވެފައިވަނީ ތަހުގީގުކުރާ ފަރާތްތަކަށް ޕާލަމެންޓުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގައެވެ.

ބެލްޖިއަމްގެ ފުލުހުން މިހާރުވަނީ މިމައްސަލައާއި ގުޅުންހުރި 16 ތަނެއް ބަލާ ފާސްކޮށް، 632,000 އެމެރިކާ ޑޮލަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ އިތުރުން ކޮމްޕިއުޓަރުތަކާއި މޯބައިލް ފޯންތައްވެސް ވަނީ ފުހުންގެ ބެލުމުގެދަށަށް ގެންދެވިފައެވެ.

ކޮރަޕްޝަންގެ ތުހުމަތުތަކާއި ގުޅިގެން 6 މީހަކު އެންމެ ފުރަތަމަ ފުލުހުން ހައްޔަރުކުރި ނަމަވެސް، 2 މީހަކު ފަހުންވަނީ ދޫކޮށްފައެވެ.

ޔޫރަޕިއަން ޕާލަމެންޓުގެ މެމްބަރުންނަށް ރިޝަވަތު ދިންކަމުގެ ތުހުމަތު ޤަތަރަށް ކުރެވިފައިވިނަމަވެސް އެގައުމުން ބުނެފައިވަނީ މިފަދަ އެއްވެސް ތުހުމަތެއްގެ މައުލޫމާތު އެގައުމަށް ލިބިފައި ނުވާކަމުގައެވެ. އަދި ބުނެފައިވަނީ އެގައުމަކީ ބައިނަލްއަގުވާމީ ހުރިހާ ގާނޫނަކަށްވެސް ފުރިހަމަޔަށް ބޯލަބާ ގައުމެއް ކަމުގައެވެ.

މިމައްސަލާގައި ހައްޔަރު ކޮށްފައިވާ ކައިލީއަކީ ޔުރަޕިއަން ޕާލަމެންޓުގެ މެދުއިރުމައްޗާއި ގުޅުންހުރި ޒިމްނާތަކާއި ހަވާލުވެ ހުންނަވާ އެއް ނައިބުރައީސެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ