މިއަހަރު ދަރިން ލިބުނު ބޮލީވުޑް ތަރިން

މިއަހަރު ދަރިން ލިބުނު ބޮލީވުޑް ތަރިން

Author
ފާތިމަތު ނާވީ
13 ޑިސެމްބަރ 2022 05:20
0

2022 ވަނަ އަހަރު ނިމުމަށް ކުޑަ ދުވަސްކޮޅަށް ވެފައި ވާއިރުގައި މި އަހަރަކީވެސް ބޮލީވުޑުން ގިނަ ކަންތަށް ތަކެއް ފެނިގެންދިއަ އަހަރެކެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވެނީ ގިނަ ތަރިން ތަކަކަށް އަލަތު ދަރިން ލިބިފައި ވާކަމެވެ.

މިއަހަރު އަލަށް ދަރިން ލިބުން އެއް ކަޕުލް އަކީ ބިޕާޝާ ބާސޫ އާއި ކަރަން ސިން ގްރޯވާ އެވެ. އެދެމީހުން ކައިވެނި ކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ. ކައިވެންޏަށް ހަ އަހަރު ފަހުން އެމީހުންނަށް އަލަތު ދަރިއަކު ލިބުނު އިރުގައި ދެމީހުންވެސް އަންނަނީ ސޯޝަލް މީޑިއާގައި ދަރިފުޅުގެ ފޮޓޯތަށް ހިއްސާ ކުރަމުންނެވެ. ބިޕާޝާ އާއި ކަރަން ގެ ދަރިފުޅު އުފަންވީ މިދިއަ ނޮވެންބަރު މަހުގެ 12 ވަނަ ދުވަހުއެވެ. އެމީހުންނަށް ލިބުނީ އަންހެން ކުއްޖެކެވެ. ނަމަކީ ދޭވީ ބާސޫ ސިންގް ގްރޯވާ އެވެ.

 

View this post on Instagram

 

A post shared by Bipasha Basu (@bipashabasu)

2018 ވަނަ އަހަރު ވަރަށް ކުލަ ގަދަ ހަފްލާއެއްގައި ކައިވެނި ކުރި ބޮލީވުޑް އަދި ހޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ލަވަކިޔުންތެރިއާ ނިކް ޖޯނަސް އަށް ދަރިއަކު ލިބުނީ މިއަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. އެމީހުން ދަރިއަކޫ ހޯދީ ސަރޮގަސީ މައެއް މެދުވެރިކޮއްގެންނެވެ. އެމީހުން ނަށް ލިބުނީ އަންހެން ކުއްޖެކެވެ. ނަމަކީ މާލްތީ މާރީ ޗޯޕްރާ ޖޯނަސް އެވެ.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމުގައިވާ ރަންބީރު ކަޕޫރު އާއި އާލިއާ ބަޓްވެސް ވަނީ މައިންބަފައިންނަށް ވެފައިއެވެ. އެދެތަރިން ކައިވެނި ކުރީ މިއަހަރުގެ އެޕްރިލް މަހުގެ 14 ވަނަ ދުވަހުގައިއެވެ. ކައިވެންޏަށް 7 މަސްވެސް ނުވަނީސް މިދިއަ މަހުގެ 6 ވަނަ ދުވަހު އެމީހުންނަށް ވަނީ އަންހެން ކުއްޖެއް ލިބިފައިއެވެ. ޚަބަރުތަށް ބުނާގޮތުގައި ވިހެއުމުގައި އާލިއާއަށް އެއްވެސް މައްސަލައަކާއި ދިމައެއް ނުވެއެވެ. އެމީހުންނަށް އަންހެން ކުއްޖެއް ލިބިފައިވާއިރު ނަމަކީ ރާހާއެވެ.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

ބޮލީވުޑްގެ ފެޝަނިސްޓާގެ ގޮތުގައި މަޝްހޫރު ސޯނަމް ކަޕުރަށްވެސް ދަރިއަކު ލިބުނީ މިއަހަރުއެވެ. ސޯނަމް ކަޕޫރު އާއި ވިޔަފާރީވެރިއެއް ކަމުގައިވާ އާނަންދު އަހޫޖާ ކައިވެނި ކުރީ 2018 ވަނަ އަހަރުއެވެ. ކައިވެންޏަށް 4 އަހަރުގައި އެމީހުންނަށް ލިބުނީ ފިރިހެން ކުއްޖެކެވެ. ސޯނަމް ވިހެއީ އޯގަސްޓް މަހުގެ 20 ވަނަ ދުވަހުއެވެ. އެކުއްޖާގެ ނަމަކީ ވާޔޫ ކަޕޫރް އަހޫޖާ އެވެ.

 

View this post on Instagram

 

A post shared by Sonam Kapoor Ahuja (@sonamkapoor)

ސައުތުގެ މަޝްހޫރު ބަތަލާ ނަޔަންތާރާ އަދި ވިގްނޭޝް ޝިވަން އަށް ލިބުނީ އެއް މާބަނޑު ދެކުދިންނެވެ. އެމީހުންވެސް ދަރިއަކު ހޯދާފައިވަނި ސަރޮގަސީ މެދުވެރިކޮށެވެ. އެމީހުންނަށް ލިބުނީ އެއްމާބަނޑު ދެ ފިރިހެން ކުދިންނެވެ. ނަމަކީ އުލަގަމް އަދި އުއިރް އެވެ.

 

View this post on Instagram

 

A post shared by Vignesh Shivan (@wikkiofficial)

މަޝްހޫރު ކުރިކެޓް ކުޅުން ތެރިއާ ޔުވްރާޖް ސިންގް އަދި ކުރީ ބަތަލާ ހޭޒަލް ކީޗް އަށްވެސް ދަރިއަކު ލިބިފައިވަނީ މިއަހަރުއެވެ. އެމީހުންނަށް ފިރިހެން ކުއްޖެއް ލިބިފައިވަނީ މިއަހަރުގެ ޖެނުއަރީ 25 ވަނަ ދުވަހުއެވެ. ނަމަކީ އޯރިއޯން ކީޗް ސިންގްއެވެ.

ބޮލީވުޑްގެ އިތުރުން ސައުތުގައިވެސް މަޝްހޫރު ބަތަލާ ކާޖަލް އަގަރްވާލް އާއި ވިޔަފާރީ ވެރިއެއް ކަމުގައިވާ ގޯތަމް ކީޗް ކައިވެނި ކުރީ 2020 ވަނަ އަހަރުއެވެ. އެމީހުންނަށް ވަނީ މިއަހަރުގެ އެޕްރިލް މަހު ފިރިހެން ކުއްޖެއް ލިބިފައެވެ. އެކުއްޖާގެ ނަމަކީ ނީލް ކީޗްއެވެ.

މި އަހަރު އަލަތު ދަރިފުޅު ލިބުނު ސެލެބްރިޓީން އެމީހުންގެ އައު ދިރިއުޅުމާއި އަދި ދަރިން ތަރުބިއްޔަތު ކުރާނެ ގޮތާއި، މަސައްކަތް ކުރަމުން ދަރިންނަށް ވަގުތު ދިނުމަށް ރާވާފައިވާ ގޮތްތަކާއި ބެހޭގޮތުން ވަނީ ވާހަކަ ދައްކައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.