ބޮލީވުޑްގެ ސްޕަސްޓާރު ސަލްމާން ހާނާގެ ލޯބީގެ ވާހަކަ އަކީ ވަރަށްވެސް މަޝްހޫރު ވާހަކައެކެވެ. އޭނާ ވަނީ މީގެ ކުރިންވެސް އެކުގައި ފިލްމް ކުޅުނު ބައެއް ކޯސްޓާރުންނާއި ލޯބީގެ ގޮތުން ގުޅިގެން އުޅެފައިއެވެ.
ނަމަވެސް ކޮންމެ ގުޅުމެއްވެސް ކައިވެންޏާއި ހަމައަށް ނުގޮސް ނިމެނީއެވެ. ސަބަބެއް ކަމަށް އޭނާގެ ހުރިހާ ލޯބިވެރިންވެސް ބުނަނީ ސަލްމާންގެ އަނިޔާވެރިކަމެވެ. ސަލްމާން އަކީ ލޯބިެވރިޔާއަށް އަނިޔާ ކުރާމީހެއް ކަމަށާއި އޮބްސެސް މީހެއް ކަމަށް އެތަރިން ވަނީ ބުނެފައިއެވެ.
އެންމެ ފަހުން ސަލްމާން އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތަށް އަރާފައިވަނީ ރޫމޭނިއާގެ ޓީވީ ހޯސްޓެއް ކަމުގައިވާ އޫލިއާ ވަންތޫރް އާއިއެވެ. އަދި އެދެމީހުން ރައްޓެހިވި ހިސާބުން ފެށިހެން އޫލިއާ އުޅެމުން އަންނަނީ ސަލްމާން އާއި އެކުގައި އިންޑިއާގައިއެވެ. ކޮންމެއަކަސް އަޑިނޭނގޭ އެގުޅުމަށް ސަލްމާން އެއްބަސް ނުވިޔަސް އެމީހުން އުޅެނީ ރައްޓެހި ވެގެން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
ނަމަވެސް މިހާރު އޫލިއާ އާއި ސަލްމާންގެ އޮތް ސިއްރު ގުޅުން ނިމުމަކަށް އައިސް ސަލްމާންގެ ހަޔާތަށް މިހާރު ބައިވެރިއަކު އައިސްފައިވާކަމަށް މިދިއަ ހަފްތާގައި ވަނީ ރިޕޯޓް ކޮށްފައިއެވެ.
އަދި އެނާގެ ހަތާުގެ ބައިވެރިއަކީ މިހާރު އޭނާ ކުޅެމުން އަންނަ ފިލްމް "ކިސީ ކާ ބާއީ ކިސީ ކީ ޖާން" ގެ ބަތަލާ ޕޫޖާ ހޭގްޅޭ އެވެ. އުމުރުން 32 އަހަރުގެ ޕޫޖާ އާއި 57 އަހަރުގެ ސަލްމާން އާއި އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށް ސަލްމާންގެ ގާތްމީހަކާ ހަވާލާދީ ނޫސްތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ. އަދި ދެމީހުން އެކުގައި ބޭރުތެރެއިން ފެންނަ ކަމަށްވެސް ވަނީ ބުނެފައިއެވެ.
BREAKING NEWS : New Couple in Town !!! Mega Star #SalmanKhan fell in love with #PoojaHegde !! His production house also signed her for next 2 films !! They are spending time together now a days !! Confirmed by Salman Khan close sources. pic.twitter.com/2lkNIXH3IE
— Umair Sandhu (@UmairSandu) December 7, 2022
ސަލްމާން އާއި ޕޫޖާ ލޯބީގެ ގޮތުން ގުޅީގެން އުޅޭ ކަމުގެ އަޑު އެންމެ ބޮޑަށް ގަދަވީ ސަލްމާންގެ ފިލްމު ކުންފުނީ އެސްކޭއެފްގެ "ކިސީ ކާ ބާއީ ކިސީ ކީ ޖާން" ގެ އިތުރުން، އެ ސްޓޫޑިއޯގެ އިތުރު ދެ ފިލްމަކުން ވެސް ޕޫޖާ އަށް ފުރުސަތު ދިނުމާއި ގުޅިގެންނެވެ.
"ކިސީ ކާ ބާއީ ކިސީ ކީ ޖާން" އަކީ މިދެތަރިން އެކުގައި ފެނިގެންދާނެ އަލަތު ފިލްމްއެވެ. ބޮލީވުޑްއަށް ވުރެ ސައުތުގައި މަޝްހޫރު ޕޫޖާ އަކީ ކާމިޔާޞު ފިލްމް ތަކެއް ކުޅެފައިވާ ހުނަރުވެރި ބަތަލާއެކެވެ.
ސަލްމާނާއި ޕޫޖާގެ ގުޅުމުގެ ވާހަކަ ހޫނުކޮށް ދެކެވެމުން އަންނަ އިރު، ސަލްމާން ރައްޓެހިވި ބަތަލާއިންގެ ތެރޭގައި ކެޓްރީނާ ކައިފާއި އިޝްވާރިއާ ރާއީ އާއި ކުރީގެ ބަތަލާ ސަންގީތާ ބިޖްލާނީގެ އިތުރުން ޕާކިސްތާނަށް އުފަން ކުރީގެ ބަތަލާ ސޯމީ އަލީ ހިމެނެ އެވެ. އަދި އޭނާގެ ލޯބީގެ ވާހަކަ އަކީ ވަރަށް މަޝްހޫރު ވާހަކައެކެވެ.
މި ލޯބީގެ ކަންތަށް ގަނޑާއި ހެދި އޭނާގެ ނަން ވަރަށް ބޮޑަށް ބަދުނާމްވާ ފަހަރުވެސް އާދެއެވެ. މިފަހުން ސޯމީ ވަނީ ސަލްމާން އަކީ އޫރެއް ކަމަށް ސިފަކޮށް އޭނާގެ ގެވެށީ އަނިޔާ ތަކުގެ ވާހަަކަ ދައްކައި ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އޭނާ އަށް ފާޑު ކިޔައިފައިއެވެ.
މިހާތަނަށް ކައިވެންޏެއް ކޮށްފައިނުވާ އެކްޓަރާއި 25 އަަހަރު ހަގު ބަތަލާގެ ގުޅުން ކައިވެންޏާއި ހަމައަށް ދާނެތޯ އެއީ މިހާރު ކުރެވޭ އެންމެ ބޮޑު އެއް ސުވާލެވެ. އަދި ދެތަރިން ކުރެ އެއްވެސް ތަރިއެއް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ދެކެވޭ ވާހަކައަށް ކޮމެންޓް ކޮށްފައިއެއް ނުވެއެވެ.