އަމިއްލަ އަށް ދަންޖެހިގެން 2020 ވަނަ އަހަރު މަރުވި އިންޑިއާގެ ޒުވާން އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތް މަރުވި އެޕާޓްމެންޓް ކުއްޔަށް ނަގާނެ ބަޔަކު ނުވާ ކަމަށް ބުނެފިއެވެ.
ޖޫން 14، 2020 ގައި ސުޝާންތު އަމިއްލަ ދަންޖެހިގެން މަރުވި އެޕާޓްމަންޓަކީ މުމްބާއީގެ އެންމެ ހިތްގައިމު އެއް ސަރަހައްދު ކަމަށްވާ ހުޅަނގު ބަންޑްރާގެ މޮންޓް ބްލޭންކް އިމާރާތުގެ ހަ ވަނަ ބުރީއެވެ. ލަގްޒަރީ ފެންވަރުގެ މޫދަށް ވާގޮތަށް ހުންނަ އެ އެޕާޓުމެންޓު މަހަކު 5 ލައްކަ ރުޕީސް އަށް ކުއްޔަށް ދޭން އިއުލާނުކޮށްފައިވީ ނަމަވެސް، އެ ތަން ކުއްޔަށް ދޫކުރަން މަސައްކަތްކުރަމުން އަންނަ ބްރޯކަރު ބުނިގޮތުގައި، އެކަން ކާމިޔާބެއް ނުވެއެވެ.
އޭނާ ބުނީ އެޕާޓުމެންޓުގެ ވެރިފަރާތުން އެ ތަން ފިލްމީ ތަރިއަކަށް ދޭން ބޭނުންނުވާ ކަމަށެވެ. ކުއްޔަށް ނަގަން މީހުން ގުޅާ ކަމަށާއި ނަަމެވެސް އެއީ ޝުޝާންތް ދަންޖެހިގެން މަރުވި އެޕާޓްމެންޓް ކަން އެގުމުން ތަން ބަލަން ވެސް ނާންނަ ކަމަށް އޭނާ ވަނީ ބުނެފައިއެވެ. އެމީހުން ވަނީ އެޕާޓްމެންޓްގެ ފޮޓޯ އާއި އެކުގައި އަގުވެސް ހިމެނޭހެން ޓްވިޓާގައި އެތަން ކުއްޔަށް ދޭކަން އިއުލާން ކޮށްފައެވެ.
Sea Facing Duplex 4BHK with a Terrace Mont Blanc
5 lakhs Rent
Carter Road, Bandra West. RAFIQUE MERCHANT 9892232060, 8928364794 pic.twitter.com/YTcjIRiSrw— Rafique Merchant (@RafiqueMerchant) December 9, 2022
ސުޝާންތު އެ އެޕާޓުމެންޓުގައި އުޅެން ފެށީ 2019 ވަނަ އަހަރުގެ ފަހުކޮޅެވެ. އެ ތަނުގައި އޭނާ މަރުވެފައިވަނީ އަމިއްލަ އަށް ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
ޝުޝާންތް އަކީ ކާމިޔާބު އެތަށް ފިލްމްއެއް ކުޅެފައިވާ އެކްޓަރެކެވެ. އޭނާގެ ފިލްމީ ކެރިއަރުފެށި ސިލްސިލާ ޑްރާމާ ތަކުންނެވެ. ނަމަވެސް ބޮލީވުޑްއަށް ތައާރަފްވެ އޭނާ ވަނީ ބޮލީވުޑްގެ އޭލިސްޓްގެ ތަރިންނާއި އެކުގައިވެސް މަސައްކަތް ކޮށްފައިއެވެ.
ކޮމެންޓު ފޮނުވާ