ދައުލަތުގެ މީޑިއާ ޔެސް ޓީވީން ރޭ ގެނެސްދިން ވޯލްޑްކަޕް ޕްރި ސޯވގައި، ސްޕެއިންގެ ކުޅުންތެރިންނަށް ނިސްބަތްކޮށް "ހަންކަޅު" ބައެއްކަމަށްމެޗު އެނަލިސްޓް އިސްމާއީލް ޒަރިޔަންދު ބުނުމުން، އެއީ ނަސްލީ ތަފާތުކުރުންކަމަށް ބުނެ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.
ރޭ ސްޕެއިންނާއި މޮރޮކޯ ބައްދަލުކުރި މެޗުގައި ސްޕެއިންގެ ޓީމުގައި ހިމެނޭ އަންސޫ ފާޓީ އާއި އަލެހަންދްރޯ ބާލްޑޭ އަށް ނިސްބަތްކޮށް ހަންކަޅު ދެ ކުޅުންތެރިންކަމަށް ޒަރިޔަންދު ބުނާ ވީޑިއޯއާއެކު ގިނަބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އޭނާއަށް ފާޑުކިޔުމާއި ނުރުހުން އަމާޒުކުރަމުންނެވެ.
ފުޓުބޯޅަ ކުޅުނު އިރު ބަލިވާތީ ގެރި ނިޔާ ގެ ގޮހޮރު ޖެހިޖެހީނުން ފޫދުއްވާލީ. ސިޔާސީ ގޮތުން ބަލިވީމަ މިހާރު ފކ ވެގެން އެނަލިސްޓަކަށް ވެގެން ފުޓުބޯޅަ ކުޅުންތެރިންނަށް ހަޖޫ ޖަހާ މަލާމާތްކުރުމުގަ!
pic.twitter.com/SLyoxVsHkO— Hussain Shafiu (@charly_thuthu) December 7, 2022
ޕެނަލްޓީ ޖަހައިގެން ސްޕެއިން އަތުން 3-0 މޮރޮކޯ މޮޅުވި މެޗުގައި ޒަރިޔަންދު ވަނީ މެދުތެރެއިން ޕާސް ޖަހައިގެން މޮރޮކޯގެ ޑިފެންސް ލައިން ފޫއަޅުވާނުލެވުނުކަމަށް ބުނެފައެވެ. ދެން މަސައްކަތްކުރީ ހަން ކަޅު ދެކުޅުންތެރިންކަމަށްވާ އަންސޫ ފާޓީ އާއި އަލެހަންދްރޯ ބާލްޑޭ އަރުވައިގެން މޮރޮކޯގެ ޑިފެންސް ތޮރުފާލަންކަމަށްވެސް ޒަރިޔަންދު ބުންޏެވެ.
The racist nature ingrained in dhilafathugey ramz group people pic.twitter.com/yqSgJMUf31
— ފޯޅަވަހީ ކައުންސިލް އިދާރާ (@SikkaMohoree) December 7, 2022
މި ވީޑިއޯ ދައުރުވެ ބައެއް މީހުން ވަނީ ޒަރިޔަންދު މަޢާފަށް އެދެންޖެހޭނެކަމަށްވެސް ބުނެފައެވެ.
For information:
I have been involved in Football analysis platforms during and after my 21 years of footballing days.
I have respect and love for every player around the world. Winning and losing is part of the game and it doesn't work like politics.— Ismail Zariyand (@zariyand) December 7, 2022
ކުރީގެ މަޝްހޫރު ގޯލް ކީޕަރ ޒަރިޔަންދު ވަނީ އޭނާގެ ނިޔަތަކީ ނަސްލީ ތަފާތުކުރުން ނޫންކަމަށް ބުނެފައެވެ. އަދި އެހެން ބުނީ ފުރައްސާރަކުރުމުގެ ނިޔަތުގައިވެސް ނޫންކަމަށް ޒަރިޔަންދު ބުންޏެވެ.
ކޮމެންޓު ފޮނުވާ