ވާލްޑް ކަޕްގެ މެޗުތައް ބަލާއިރު "ހެލްތީ ސްނެކް"އެއް އިޚްތިޔާރުކުރޭ: އެޗްޕީއޭ

ވާލްޑް ކަޕްގެ މެޗުތައް ބަލާއިރު "ހެލްތީ ސްނެކް"އެއް އިޚްތިޔާރުކުރޭ: އެޗްޕީއޭ

Author
ޢަލީ އާދަމް
05 ޑިސެމްބަރ 2022 07:11
0

މިހާރު ކުރިއަށްދާ ވާލްޑް ކަޕްގެ މެޗުތައް ބަލަން ތިބޭއިރު ލުއިކާނާއާއި އެކިކަހަލަ ލުއި ބުއިންތައް ބޭނުންކުރާއިރު، ސިއްޙަތަށް ފައިދާހުރި ތަކެތި ބޭނުންކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ކުރި ޓްވީޓެއްގައިވަނީ "އެންމެ ގަޔާވާ ޓީމަށް ސަޕޯޓް ކުރާއިރު ހެލްތީ ސްނެކެއް އިޚްތިޔާރު ކުރޭ. މިގޮތުން ލޮނު، ހަކުރު އަދި ތެޔޮ އެކުލެވޭ ބާވަތްތައް މަދުކުރެވިދާނެ."ކަމަށެވެ.

މިހާރު ގަޠަރުގައި ކުރިއަށްދާ ފީފާ ވާލްޑްކަޕްގެ މެޗްތައް ބެލުމައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންވެސް ވަރަށް ފޯރިނަގައެވެ. ދިވެހިންގެ ތެރެއިން ވަރަށްގިނަބަޔަކީ ފުޓްބޯޅައަށް ވަރަށް ފޯރިހުންނަ، ފުޓްބޮޅައިގެ ސަޕޯޓަރުންނެވެ. ވާލްޑްކަޕްގައި ކުޅޭ މަޝްހޫރު ވަރުގަދަ ޤައުމުތަކުގެ ސަޕޯޓަރުން ރާއްޖޭގައި ވަރަށް ގިނައެވެ. މެޗްތައް އޮންނަ ވަގުތު އެކިކަހަލަ ކެއުންތަކައި ލުއިކާނާ އެއްކޮށްގެން ކައިބޮއި ހެދުމަކީ އާދައެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.