ބޮލީވުޑްގެ ސުޕަސްޓާރ ސަލްމާން ޚާން އޭނާގެ ފާމް ހައުސްގައި ކައްކަނިކޮން ނަގާފައިވާ ވީޑިއޯ ކޮޅެއް ވައިރަލް ވެއްޖެއެވެ.
ނަމަވެސް މީ ކޮން އިރެއްގެ ވީޑިއޯއެއް ކަމެއް ނޭގެއެވެ. މި ވީޑިއޯ ކޮޅުގައި ފެނިގެންދަނީ އޭނާ ކައްކަން ހުއްޓާއެވެ. ވަރަށް އާދައިގެ ގޮތަކަށް އޭނާ ހުންނަ އިރުގައި ކައްކަމުން ދިއައީ ދަރު އުނދުނަކުންނެވެ. ތެއްޔަކަށް އެއްޗެހި އަޅަމުން ދިއަ ވީޑިއޯ ކޮޅުގައި އަތް ގާތް ކޮށްދޭން އާއިލީ މީހުން އުޅޭތަން ވެސް ފެނެއެވެ.
ގިނަ ބަޔަކު ސަލްމާން އަށް ވަނި ތައުރީފް ކޮށްފައެވެ. އޭނާ ހުރި ސާދާ ގޮތުންނާއި ސްޓާރެއްގެ ބަދަލުގައި އާންމު ދިރިއުޅުން ތަޖުރިބާ ކުރާތީ އުފާ ކުރާ ކަމަށް އެމީހުން ވަނީ ބުނެފައިއެވެ. އަދި ކައްކަނީ ކޮންޗެއްތޯ ބައެއް މީހުން ސުވާލުވެސް ކޮށްފައިވެއެވެ.
ސަލްމާން އެންމެ ފަހުން ފެނިގެން ދިއައީ ޅިޔަނު އަޔޫޝް ޝަރުމާ އާއި އެކުގައި "އަންތިމް: ދަ ފައިނަލް ޓްރޫތު" އިންނެވެ. މި އަހަރު ސަލްމާންގެ އެއްވެސް ފިލްމެއް ރިލީޒެއް ނުކުރުއެވެ. ނަމަވެސް އަންނަ އަހަރު އޭނާގެ 2 ފިލްމެއް ބެލުންތެރިނަށް ގެނެސްދޭނެއެވެ. އެއި ކެޓްރީނާ ކައިފް އާއި އެކުގައި އޭނާ ފެނިގެންދާ ފްރެންޗައިޒް ފިލްމް "ޓައިގާ" ގެ ތިން ވަނަ ފިލްމްއާއި "ކިސީ ކާ ބާއި ކީސީ ކީ ޖާން" އެވެ.
މީގެ އިތުރުން ޝާހުގެ ކުރިއަށް އޮތް ފިލްމު "ޑަންކީ" އިން ވެސް ސަލްމާންގެ ހާއްސަ ފެނިލުމެއް ފެންނާނެއެވެ.
One Response
ސަލްމާނަށް ވުރެ މަތީ ފައިސާވެރި މީހެއް ޑުބާއީގެ ވެރިމީހާ އޭނާވެސް ޢާއިލީ މީހުނާއެކު ކައްކާ ކާންދޭ ވީޑިއޯ ހުރޭ ކީއްވެބާ އެފަދަ ވީޑިއޯއެއްގެ ވާހަކަ ނުދެއްކީ އަނެއްކާ ލާފަ މިއިނީ އިސްތިހާރެއްގެ ފޮޓޯ