ދުނިޔޭގެ އެންމެ މުއްސަދި 20 ގައުމުގެ ވެރިން ވާޗުއަލްކޮށް ބައްދަލުވަނީ

އެއް ހަމަޔަކުން ކޯވިޑް19 ވެކްސިން ފޯރުކޮށް ދިނުމަށް G20 ލީޑަރުން އެއްބަސް ވެއްޖެ

އެއް ހަމަޔަކުން ކޯވިޑް19 ވެކްސިން ފޯރުކޮށް ދިނުމަށް G20 ލީޑަރުން އެއްބަސް ވެއްޖެ

Share on twitter
Share on linkedin
Share on whatsapp
Share on telegram
Share on email
Share on facebook
Share on email
Share on twitter
Share on linkedin
Share on whatsapp
Share on telegram

ދުނިހޭގެ ހުރިހާ ގައުމަކަށްވެސް އެއްހަމަޔަކުން ކޯވިޑް19 ވެކްސިން ފޯރުކޮށް ދިނުމަށް، މިހާރު ކުރިޔަށްދާ G20 ސަމިޓުގައި ދުނިޔޭގެ އެންމެ މުއްސަދި 20 ގައުމުން އެއްބަސް ވެއްޖެއެވެ.

މިސަމިޓްގައި ލީޑަރުން އެބަސްވުމަށް ނިންމާ ކަންކަމުގެ މައްޗަށް އެކުލަވާލެވިފައިވާ ޑްރާފްޓް ކަރުދާހުގައި ވާގޮތުން ކޯވިޑް19 ވެކްސިންއާއި، ބޭހާއި އަދި ޓެސްޓް ކުރެވޭނެ ގޮތްތައް ހަމަހަމަ ގޮތެއްގަައި ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް ހަމަޖެއްސުމަށާއި އަދި ކޯވިޑް19ގެ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ ވަސީލަތްތައް ދުނިޔޭގެ ފަގީރު ގައުމުތަކަށް ފޯރުކޮށް ދިނުމަށްވެސް މިގައުމުތަކުން އެއްބަސް ވާނެއެވެ.

"އަހަރުމެން އެންމެވެސް މި އެއްބަސްވަނީ، ހުރިހާ ގައުމަކަށްވެސް، ފަސޭހަކަމާއެކު ކޯވިޑް19 ވެކްސިނާއި، ބޭހާއި އަދި ޓެސްޓް ކުރެވޭނެ ވަސީލަތްތައް، ސަމިޓްގެ ލީޑަރުން އެއްބަސްވެފައިވާ ފަދައިން ލިބިގެންދާނެ ކަމުގެ ޔަގީންކަން ދިނުމަށް"، މީޑިއާތަކަށް މިހާރު ލިބިފައިވާ ޑްރާފްޑް އެއްބަސްވުމުގައި ސަމިޓްގެ ލީޑަރުން ބުނެފައި ވެއެވެ.

"ކޯވިޑް19 އިން ސަލާމަތް ވުމަކީ މުޅި ދުނިޔެއަށް ބޭނުންވާ ރައްކާތެރިކަމެއް ކަމުގައި އަހަރުމެން ބަލައިގަންނަން"، މި ކަރުދާހުގައި ލީޑަރުން އެއްބަސްވެފައި ވެއެވެ.

ސައުދީ އަރަބިއާގެ ރިޔާސަތުގައި ކުރިޔަށްދާ 2 ދުވަހުގެ މި ސަމިޓްގައި ފުރަތަމަ ދުވަހު މުޅިވެސް ވާހަކަ ދެކެވިފައިވަނީ، ކޯވިޑް19 އާއި އަދި މި ބަލިން އަރައިގަތުމުގައި ދުނިޔޭގެ އެކި ގައުމުތަކަށް ލިބިފައިވާ ގާބިލްކަމާ ގުޅޭގޮތުންނެވެ. ދައުރު ވާގޮތަށް ހަމަޖެހިފައި އޮންނަ G20ގެ ރިޔާސަތު އަންނަ މަހުން ފެށިގެން ސައުދީ އަރަބިއާއިން އިޓަލީއާއި ހަވާލު ކުރާނެއެވެ.

މިސަމިޓް މި ފަހަރުގެ އެޖެންޑާއަކަށް ހަދާފައި ވަނީވެސް، މުޅި ދުނިޔޭގެ އިގްތިސާދު ކާރިސާއެއްގެ ތެރެއަށް ގެންގޮސްފައިވާ ކޯވިޑް19 އާއި އަދި މި އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކާ 2021 އަހަރަށް ރާވާނެ ކަންކަމާ ގުޅޭގޮތުންނެވެ.

މި ސަމިޓްގެ ރިޔާސަތު ބަލަހައްޓަވަމުން، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީޒު ވިދާޅުވެފައި ވަނީ "ކޯވިޑް19 ވެކްސިން އުފެއްދުމުގައި ލިބިގެން ދިޔަ ކާމިޔާބީތަކުން ވަރަށް ބޮޑަށް ވަނީ އުއްމީދު އާވެފަ. އަދި މި ވަސީލަތްތައް ހުރިހާ އެންމެނަށްވެސް އެއް ހަމަޔަކުން ލިބިގެންދާނެ އިންތިޒާމު ހަމަޖެއްސުމަށްވެސް އަހަރުމެން އެންމެން އެކީގައި މަސައްކަތް ކުރަންޖެހޭނެ" ކަމަށެވެ.

"ކުރިމަތި ވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކާ މަަސައްކަތް ކުރުމަކީ އަހަރުމެން އެންމެންގެވެސް ޒިންމާއެއް. އަދި ގައުމުތަކުގެ ރައްޔިތުންނަށް އުއްމީދެއް ދިނުމަށްޓަކާ ކޯވިޑް19 އާއި ކުރިމަތިލެވޭނެ ފަދަ ސިޔާސަތުތަކެއް އަހަރުމެން ތަންފީޒު ކުރަން ޖެހޭނެ"، ސައުދީ ރަސްގެފާނު ވިދާޅުވެފައި ވެއެވެ.

މި ސަމިޓުގައި ޗައިނާގެ ރައީސް ޒީ ޖިންގޕިންގ ވިދާޅުވެފައި ވަނީ ދުނިޔޭގެ ހުރިހާގައުމަކަށްވެސް ވެކްސިން ފޯރުކޮށްދިނުމުގައި ޗައިނާއިން އެހީތެރި ވެދޭނެއެވެ. މިވެކްސިން ހެޔޮއަގުގައި ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް ލިބޭނެ މަގު ފަހު ކޮށްދިނުމަކީ އެގައުމުގެ އަމާޒެއްކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ރަޝިޔާގެ ރައީސް ވަލްޑްމިއަރ ޕުޓިން ވަނީ މި ބައްދަލުވުމުގައި، އެގައުމުން މިހާރު ތައްޔާރު ކޮށްފައިވާ ސްޕުޓްނިކް ވީ ކޮރޯނާވައިރަސް ވަކްސިން ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް ފޯރުކޮށްދޭނެ ކަމަށް ވައުދުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.