މަސްވެރިންގެ އިހުތިޖާޖާ ގުޅިގެން ހައްޔަރުކުރި ތިން މީހުން ކޯޓަށް ހާޒިރުކުރުމުން އެ ތިން މީހުންގެ ބަންދަށް ވެސް ފަސް ދުވަހުގެ މުއްދަތެއް ޖަހައިފި އެވެ.
ސައުވީސް ގަޑިއިރަށް ދެމިގެންދިޔަ މި އިހުތިޖާޖު ފުލުހުން ރޫޅާލީ، ފުލުހުންގެ އެންގުންތަކަށް ނުކިޔަމަންތެރިވެ ގާނޫނާ ހިލާފު އަމަލުތައް ހުއްޓާލުމަށް ތަކުރާރުކޮށް އެންގުމަށް ފަހު އެވެ. މި އިހުތިޖާޖުގައި މަސްދޯނިތަކުގައި މަސައްކަތްކުރާ ބިދޭސީން ވެސް ބައިވެރިވެ، ފުލުހުންނާ ދިމާލަށް ހުތުރު ބަހުން މުއާމަލާތްކޮށް އަވަގުރާނަ ގޮވާފައިވެ އެވެ.
ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވެސް ހިމެނެ އެވެ.
ކޮމެންޓު ފޮނުވާ