ސީޝެލްގެ ކުރީގެ ރައީސް ރާއްޖޭގައި ހެއްދެވި ކަމަށް ބުނާ "ޑީލް"އެއް ތަހުގީގުކުރަނީ

ސީޝެލްގެ ކުރީގެ ރައީސް ރާއްޖޭގައި ހެއްދެވި ކަމަށް ބުނާ "ޑީލް"އެއް ތަހުގީގުކުރަނީ

Author
އަހުމަދު
12 ޑިސެމްބަރ 2025 11:12
0

ސީޝެލްގެ ކުރީގެ ރައީސް ވަވެލް ރަމްކަލާވަން 2023 ވަނަ އަހަރުގެ ޖޫން މަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގައި ގަތަރުގެ އިންވެސްޓަރުންނާ ބައްދަލުކުރައްވައި، ސީޝެލްގެ އެސޮމްޕްޝަން އައިލެންޑް ވިއްކާލެއްވި ކަމަށް ބުނާ މައްސަލަ ބެލުމަށް އެ ގައުމުގެ އާ ސަރުކާރުން އިންކުއަރީ ކޮމިޝަނެއް އެކުލަވާލައިފި އެވެ.

މި މައްސަލައަކީ މިދިޔަ އޮކްޓޫބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް ޕެޓްރިކް ހާމިނީގެ ކެމްޕެއިންގެ އެންމެ ވަރުގަދަ އެއް ހަތިޔާރެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މި ޑީލުން ސީޝެލްއަށް ލިބުނީ "ޕީނަޓްސް" އެވެ.

ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ނުފެންނަ 400 އަށް ވުރެ ގިނަ ދިރުން އެކުލެވޭ މި ރަށް ގަތަރުގެ ކުންފުންޏަކަށް 70 އަހަރަށް ކުއްޔަށް ދޫކޮށްފައިވަނީ އެންމެ 20 މިލިއަން ޑޮލަރުގެ ޑައުންޕޭމަންޓަކަށެވެ. މިހާރު އެ ރަށުގައި 40 ލަގްޒަރީ ވިލާ އާއި އެއާ ސްޓްރިޕެއް ދަނީ ތަރައްގީކުރަމުންނެވެ.

ރަމްކަލާވަން ވިދާޅުވީ ކޮމިޝަނަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށާއި، މިއީ ގައުމުގެ މަންފާއަށް ހެއްދެވި ޑީލެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.