ދައުލަތުގެ ޑެފިސިޓް 84 އިންސައްތަ ދަށަށް

ދައުލަތުގެ ޑެފިސިޓް 84 އިންސައްތަ ދަށަށް

Author
އަހުމަދު
12 ޑިސެމްބަރ 2025 11:14
0

މާލީ ވުޒާރާއިން އާންމުކުރި ވީކްލީ ފިސްކަލް ރިޕޯޓުން ދައްކާ ގޮތުގައި، މިއަހަރުގެ 4 ޑިސެމްބަރާ ހަމައަށް ދައުލަތުގެ މާލީ ހާލަތު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް ރަނގަޅުވެފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 10.4 ބިލިއަން ރުފިޔާގައި ހުރި ޑެފިސިޓް މިހާރު ވަނީ 1.7 ބިލިއަން ރުފިޔާއަށް ތިރިވެފައެވެ.

މި ކާމިޔާބީގެ ފަހަތުގައިވަނީ އާމްދަނީ އިތުރުވެ ޚަރަދުތައް މަދުވުމެވެ. ޖުމްލަ އާމްދަނީ 10.6 އިންސައްތަ އިތުރުވެ 35.8 ބިލިއަން ރުފިޔާއަށް އެރިއިރު، ޚަރަދުތައް 12.5 އިންސައްތަ ދަށްވެ 37.4 ބިލިއަން ރުފިޔާއަށް ވަނީ ތިރިވެފައެވެ. ޓެކްސް އާމްދަނީގެ ތެރެއިން ޖީއެސްޓީ 11.9 އިންސައްތަ އިތުރުވީ ޖުލައި މަހު ޓީޖީއެސްޓީ ރޭޓް 17 އިންސައްތައަށް ބޮޑުކުރުމާއި ފަތުރުވެރިކަން ފުޅާވުމުގެ ސަބަބުންނެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ އާމްދަނީ 64 އިންސައްތަ އިތުރުވެ، މި ފައިސާ ރައްކާކުރަނީ ދަރަނި އަދާކުރުމަށް އުފެއްދި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.