ވީއައިއޭގައި ސިއްހީ ކުއްލި ހާލަތަކަށް ތައްޔާރުވުމުގެ އެކްސަސައިޒެއް ބާއްވައިފި

ވީއައިއޭގައި ސިއްހީ ކުއްލި ހާލަތަކަށް ތައްޔާރުވުމުގެ އެކްސަސައިޒެއް ބާއްވައިފި

Author
އަހުމަދު
07 އޮގަސްޓް 2026 10:56
0

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ޕާޝަލް އިމަޖެންސީ އެކްސަސައިޒެއް ބާއްވައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާ ގުޅިގެން ކުރިއަށް ގެންދިޔަ މި އެކްސަސައިޒްގެ މައިގަނޑު މަގުސަދަކީ, ސިއްހީ ކުއްލި ނުރައްކަލެއް ދިމާވެއްޖެ ހާލަތެއްގައި, ކަމާގުޅޭ އެކި އޭޖެންސީތަކުގެ މެދުގައި އޮންނަ ވިލަރެސް ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނީ, މި އިމަޖެންސީ ރެސްޕޮންސް ސިމިއުލޭޝަނުގައި ބިއޯންޑް އެއަރލައިންގެ އެހީތެރިކަން ލިބިފައިވާ ކަމަށާއި, އެއަރޕޯޓުގެ އޮޕަރޭޝަންތަކާއި ޝެޑިއުލް ފްލައިޓުތަކަށް އެއްވެސް ބުރުލެއް ނާރައި މި ހަރަކާތް ފުރިހަމަކުރެވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ވީއައިއޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންމެ ފުރިހަމަގޮތުގައި ތަންފީޒުކުރެވޭކަން ކަށަވަރު ކުރުމަށާއި, އެއަރޕޯޓުގައި ދިމާވެދާނެ ތަފާތު ކުއްލި ހާލަތްތަކަށް އަބަދުވެސް ތައްޔާރީ ހާލަތުގައި ތިބުމަށް އެމްއޭސީއެލްއިން ދަނީ މިފަދަ ތަފާތު ތަމްރީނުތައް ގަވާއިދުން ކުރިއަށް ގެންދަމުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހަރަކާތެއްގެ ގޮތުގައި ބާއްވަނީ އެއަރޕޯޓް ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒް (އެފެކްސް)އެވެ. ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ބާއްވާ އެންމެ ބޮޑު މި ހަރަކާތް އެންމެފަހުން ބާއްވާފައި ވަނީ މިދިޔަ އަހަރުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.