އެމެރިކާ ބަލިކޮށް، ކުއާޓަރ ފައިނަލްގެ ފުރަތަމަ ޖާގަ ނެދަރލޭންޑްސްއަށް

އެމެރިކާ ބަލިކޮށް، ކުއާޓަރ ފައިނަލްގެ ފުރަތަމަ ޖާގަ ނެދަރލޭންޑްސްއަށް

Author
ހުސެއިން
04 ޑިސެމްބަރ 2022 05:57
0

މިހާރު ގަތަރުގައި ކުރިޔަށްދާ ވޯލްޑް ފުޓްބޯޅަ މުބާރާތުގައި އެމެރިކާ ބަލިކޮށް ނެދަލެންޑްސް މުބާރާތުގެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ގަތަރުގެ ޚަލީފާ އިންޓަރނޭޝަނަލް ސްޓޭޑިއަމްގައި އެމެރިކާއައި ދެކޮޅަށް ކުޅުނު މިމެޗް ނެދަރލޭންޑްސްއިން ކާމިޔާބު ކޮށްފައިވަނީ 3-1ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު އެމެރިކާ މުބާރާތަށް އަލްވަދާއު ކިޔަންޖެހިފައިވާއިރު، ނެދަރލޭންޑްސް ވެގެން ދިޔައީ މިއަހަރުގެ މުބާރާތުގެ ކުއާރޓަރ ފައިނަލަށް ދަތުރުކުރި ފުރަތަމަ ޓީމު ކަމުގައެވެ.

ކުއާރޓަރ ފައިނަލްގައި ނެދަރލޭންޑް ބައްދަލު ކުރުމަށް ހަމެޖެހިފައިވަނީ އޮސްޓްރޭލިއާއާއި ބަލިކޮށް ކުއާޓަރ ފައިނަލަށް ދަތުރު ކޮށްފައިވާ އާޖެންޓީނާއާއެވެ. އާޖެންޓީމާ ކުއާރޓަރ ފައިނަލަށް ދަތުރު ކޮށްފައިވަނީ 2-1 އިން އޮސްޓްރޭލިއާ ބަލިކޮށްފައެވެ.

މެޗްގެ ފުރަތަމަ ހާފްގައި އެމެރިކާ ޓީމުގެ ކުރިސްޓިއަން ޕުލިސިކްއަށް ސްކޯ ކުރާނެ ރަގަޅު ފުރުސަތު ލިބިގެން ދިޔަނަމަވެސް ގޯލަށް ފޮނުވާލި ބޯޅަ ދިފާއު ކޮށްފައިވަނީ ނެދަރލޭންޑްސްގެ ޓީމުގެ ގޯލް ކީޕަރުގެ ފައިންނެވެ.

އެމެރިކާއަށް ސްކޯ ކުރުމަށް ލިބުނު ފުރުސަތު ބޭކާރުވެގެން ދިއުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ މެޗްގެ 10 ވަނަ މިނިޓްގައި ނެދަރލޭންޑްގެ ލުއިސް ވަން ގާލް އެޓީމުގެ ފުރަތަމަ ގޯލް ސްކޯ ކުރުމެވެ. ނެދަރލޭންޑުން މެޗްގެ ލީޑް ނަގާފައި ވަނިކޮށް، 76 ވަނަ މިނިޓްގައި އެމެރިކާއިންވަނީ ސްކޯކޮށް މެޗް އެއްވަރު ކޮށްފައިވެއެވެ.

އެހެންނަމަވެސް އޭގެ 5 މިނިޓް ފަހުން ނެދަރލޭންޑުގެ ޑަމްފްރީސް ވަނީ ސްކޯކޮށް މެޗްގެ ލީޑް ޓީމަށް އަލުން ހޯދާ ދީފައެވެ.

މެޗްގެ ނަތިޖާ އެއްވަރު ކުރުމަށް އެމެރިކާއިން ގިނަ ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތް ކުރަމުން ދިނަނަމަވެސް މެޗުގެ 83 ވަނަ މިނެޓްގައި ނެދަލެންޑްސްއިން އެމީހުންގެ ތިން ވަނަ ގޯލު ޖަހައިދިނީ، ނެދަރލޭންޑްގެ ބްލިންޑް ނަގައިދިން ރީތި ހުރަހަކުން ޑަމްފްރީސް އެވެ.

މިމެޗްގެ ނަތީޖާއާއެކު ނެދަރލޭންޑް ކުއާރޓަރ ފައިނަލަށް ދަތުރު ކޮށްފައިވާއިރު، ކުއަރޓަރ ފައިނަލްގައި އެޓީމް ބައްދަލު ކުރާނީ އާޖެންޓީނާއާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.