އަޖޭ ދޭވްގަން ފުލުހެއްގެ ރޯލު ކުޅޭ ކާމިޔާބު ފްރެންޗައިޒް "ސިންގަމް" ގެ ތިން ފިލްމު އިއުލާންކޮށްފި އެވެ.
ފިލްމް ސީރީޒް "ސިންގަމް" ގެ ފުރަތަމަ ފިލްމް 2011 ގައި ގެނެސްދިނުމަށް ފަހު "ސިންގަމް ރިޓާންސް" ގެނެސްދިނީ 2014 ގަ އެވެ. އަދި ދެ ފިލްމު ވެސް ވަރަށް ކާމިޔާބީއެވެ. 2011 ވަނަ އަހަރު ގެނެސްދިން ފިލްމްގައި އަޖޭ އާއި އެކުގައި ފެނިގެން ދިއައީ ސައުތުގެ މަޝްހޫރު ބަތަލާ ކާޖަލް އަގަރްވާލެވެ. އަދި "ސިންގަމް ރިޓާން" އިން އަޖޭ އާއި އެކުގައި ފެނިގެންދިއައީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރެވެ.
"ސިންގަމް އެގެއިން" ގެ ތައްތާރީތައް މިހާރު ވަމުން އަންނަ އިރު، މީގެ ޝޫޓިން ފަށަން ހަމަޖެހިފައި "ބޯލާ"ގެ މަސައްކަތްތަށް ނިމުމުނެނެވެ. "ބޯލާ" އަކީ އަޖޭ ކުޅެ އަދި ޑައިރެކްޓްވެސް ކުރާ ފިލްމްއެކެވެ. އެ ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައި އޮތީ އަންނަ އަހަރުގެ މާޗް 30 ގަ އެވެ.
"ސިންގަން އެގެއިން" ގެ ޑައިރެކްތަރަކީ އެކްޝަން ފިލްމް ތަށް ހެދުމަށް ކުޅަދާނަ ޑައިރެކްޓަރު ރޯހިތު ޝެޓީއެވެ. އޭނާ އެންމެ ފަހުން މަސައްކަތް ނިންމާލީ "ސާކަސް"ގެއެވެ. ލީޑުން ރަންވީރު ސިންގް ފެނިގެންދާ މި ފިލްމް ގެ ޝޫޓިން މިހާރު ވަނީ ނިންމައިފައިއެވެ. ފިލްމް އޮތީ ޕޯސްޓް ޕްރޮޑަކްޝަންގައިއެވެ. އަދި ކުރިއަށް އޮތީ ޕްރޮމޯޝަން ތަކެވެ.
"ސިންގަމް" އަކީ ރޯހިތުގެ ކޮޕް-ޔުނިވާސްގެ ފުރަތަމަ ކެރެކްޓާ ގެނެސްދިން ފިލްމެވެ. އޭގެ ފަހުން ވަނީ ރަންވީރުއާ އެކު 2018 ގެ "ސިމްބާ" އަދި މިދިޔަ އަހަރު އަކްޝޭ ކުމާރާ އެކީ "ސޫރިޔަވަންޝީ" ގެނެސްދީފަ އެވެ.
ކޮމެންޓު ފޮނުވާ