މަލައިކާގެ އާ އައިޓަމް ލަވަ އަކީ "އާޕް ޖެއިސާ ކޮއީ"

މަލައިކާގެ އާ އައިޓަމް ލަވަ އަކީ "އާޕް ޖެއިސާ ކޮއީ"

ކުރީގެ މަޝްހޫރު "އައިޓަމް ގާލް" ގެ ގޮތުގައި މަޝްހޫރު މަލައިކާ އަރޯރާ ގިނަ ދުވަސް ތަކަކަށް ފަހު އަނެއްކާވެސް އައިޓަމް ސޯންގެއް ކުޅެފިއެވެ. މިހާރު ބެލުން ތެރިންނަށް ދޫކޮށްލައިފައިވާ މި ލަވަ އަކީ ކުރީގެ ވަރަށް މަޝްހޫރު ލަވައެއް ކަމުގައިވާ "އާޕް ޖެއިސާ ކޮއީ" ގެ ފަހުގެ ވާޝަންއެކެވެ.

މި ލަވަ އަކީ މާދަމާ ރިލީޒްކުރަން ހަމަޖެހިފައިވާ އަޔޫޝްމަން ކްރާނާގެ ފިލްމު "އޭން އެކްޝަން ހީރޯ" ގައި ހިމެނޭ ލަވައެކެވެ. ދެ އައިޓަމް ސޯންގ ހިމެނޭ މި ފިލްމުގައި އަޔުޝްމާންގެ އިތުރުން ޖައިދީޕް އަހްލަވަތު ފެނިގެން ދާނެއެވެ.

"އާޕް ޖެއިސާ ކޮއީ" މި ލަވައަކީ ހަމަ ނަމުގައި ކުރިން ގެނެސްދީފައިވާ މަގުބޫލު ޑިސްކޯ ސްޓައިލް ލަވައިގެ އާ ވާޝަނެކެވެ. ކުރީގެ ލަވަ ހިމެނެނީ 1980 ގެ ފިލްމު "ގުރުބާނީ" ގައެވެ. އޭގެ ތަރިންނަކީ ޒީނަތު އަމަން އާއި ފީރޯޒް ޚާންގެ އިތުރުން ވިނޯދު ކަންނާ އެވެ. ލަވަ ކިޔާފައި ވަނީ ނާޒިއާ ހުސައިނެވެ.

"އެން އެކްޝަން ހީރޯ"ގައި ހިމަނާފައިވާ ލަވައިގެ އަޑުގެ ވެރިންނަކީ ޒަހްރާ އެސް ޚާނާއި އަލްތަމަޝް ފަރީދީ އެވެ. ލަވައިގެ މިއުޒިކާ ކުޅުނީ ކުރީގެ ލަވަތަކާ މި ފަހުން އެންމެ ބޮޑަށް ކުޅޭ ތަނިޝްގް ބަގްޗީ އެވެ.

މިޒަމާނަށް ފައްތައިގެން ވަރަށް ފޯރިގަދަ ނެށުންތަކަކާއި އެކުގައި ހަދައިފައިވާ މި ލަވައިގައި ފިލްމްގެ ހީރޯ އަޔުޝްމާން ވެސް ކޮންމެވެސް ވަރަކަށް ފެނިގެންދެއެވެ. ވަރަށް ބޮޑަށް ސްޓައިލިޝް އަދި ގްލެމް ކޮށް ލަވަ ގެނެސްދީފައިވާ ގޮތް ވަރަށް ފުރިހަމަ އެވެ.

"އެން އެކްޝާން ހީރޯ" އަކީ ބޫޝަން ކުމާރުގެ ޓީ ސީރީޒާއި ޑައިރެކްޓަރު އާނަންދު އެލް ރާއީ ގުޅިގެން އުފައްދާ ފިލްމެކެވެ. އިންޑިއާއާއި އިނގިރޭސިވިލާތުގައި ޝޫޓްކޮށްފައިވާ "އޭން އެކްޝަން ހީރޯ" ގެ ޑައިރެކްޓަރަކީ އަނިރޫދް އައްޔަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *