ޕޯޗުގަލްވެސް ދެވަނަ ބުރަށް ދަތުރު ކޮށްފި

ޕޯޗުގަލްވެސް ދެވަނަ ބުރަށް ދަތުރު ކޮށްފި

Author
ހުސެއިން
29 ނޮވެމްބަރ 2022 07:38
0

ގަތަރުގައި މިހާރު ކުރިޔަށްދާ ވާރލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި، ރޭގެ އުރުގުއާއާއި ދެކޮޅަށް ކުޅުނު މެޗް 2-0 އިން ކާމިޔާބުކޮށްގެން ޕޯޗުގަލްވެސް ވާރލްޑް ކަޕްގެ ދެވަނަ ބުރަށް ދަތުރު ކޮށްދިއެވެ.

މިމެޗްގައި ފުރަތަމަ ސްކޯ ކޯށްފައިވަނީ މެޗްގެ 54 ވަނަ މިނިޓްގައި، ވާތްފަރާތުން އައިހުރަސް އުގުއާއިގެ ގޯލަށް ވައްދާލައިގެން ޕޯޗްގަލްގެ ފެނާންޑޭސް އެވެ. މި ގޯލް ގޯލަށް ފޮނުވާލާފައިވަނީ ޕޯޗުގަލްގެ ތަރި ރޮނާލްޑޯ ބޮލުންކަމަށް ފުރަތަމަ ހީކުރެވުނުނަމަވެސް، ފަހުން ރީޕްލޭ ބެލުމަށްފަހު ނިންމާފައިވާ ބޯޅަ ގޯލަށް ގޮސްފައިވަނީ އޭނާގެ ބޮލުގައި ނުޖެހި ކަމަށެވެ.

މިއީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މި ދެ ޓީމް ބައްދަލުކުރި ދެވަނަ ފަހަރެވެ. އެންމެ ފަހުން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މި ދެ ޓީމް ބައްދަލު ކޮށްފައިވާއިރު އެ މެޗު ކާމިޔާބު ކޮށްފައި ވަނީ އުރުގުއޭއިންނެވެ.

ޕޯޗުގަލްއިން މެޗުގެ ދެވަނަ ލަނޑު ޖަހާފައި ވަނީ މެޗުގެ 90 މިނިޓް ފުރިހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭޒްއެވެ. ރެފްރީ ޕޯޗުގަލްއަށް ޕެނަލްޓީއެއް ދީފައިވަނީ އުރުގުއާއީގެ ގޯލު އޭރިއާ ތެރެއިން، އެޓީމުގެ ކުޅުންތެރިޔާ ހިމެނޭޒް އަތުގައި ބޯޅަ ޖެހުމާއި ގުޅިގެންނެވެ.

ރޭގެ މެޗް ޕޯޗުގަލް ކާމިޔާބު ކުރުމާއެކު، 6 ޕޮއިންޓާއެކު ޕޯޗުގަލްވަނީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކޮށްފައެވެ. ދެމެޗުން ތިން ޕޮއިންޓް ލިބި ގުރޫޕުގެ ދެވަނާގައި އޮތީ ގާނާއެވެ. 4 ވަނާގައި ސައުތު ކޮރެއާ އޮތްއިރު އުރުގުއާއިއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.