ޒުވާން ތަރި ކާތިކް އާރިއަން އަށް 32 އަހަރު ފުރުމާ ދިމާކޮށް އޭނަގެ ފިލްމު "ޝެހެޒާދާ" ގެ ޓީޒާއެއް ހަދިޔާއެއްގެ ގޮތުގައި ފޭނުންނަށް ދޫކޮށްލީ މިމަހުގެ 22 ވަނަ ދުވަހުގައިއެވެ.
އެއާއިއެކުގައި ފިލްމް ބެލުމަށް އޭނާގެ ސަޕޯޓަރުން ބޭނުންވާވަރު ހާމަކުރިއެވެ. މިއަހަރު ނެރުނު އެންމެ ކާމިޔާބު ފިލްމް "ބޫލް ބުލައްޔާ 2″ ގެ އެކްޓަރު ގެ ފިލްމްގެ އޮފިޝަލް ޓްރެއިލާ ވެސް ޓިޒާއެކޭ އެއްފަދައިން މިވަނީ ބެލުންތެރިނަށް ދޫކޮށްލައިފައިއެވެ.
Jab baat FAMILY pe aaye toh discussion nahi karte..ACTION karte hain !!
A Birthday Gift from your #Shehzada 👑#RohitDhawan @KritiSanon @MKoirala @SirPareshRawal @RonitBoseRoy @SachinSKhedekar @iPritamOfficial #BhushanKumar #KrishanKumar #AlluAravind @theamangill pic.twitter.com/q7hljuU3cw— Kartik Aaryan (@TheAaryanKartik) November 22, 2022
އަންނަ އަހަރުގެ ފެބުރުވަރީ 10 ވަނަ ދުވަހަށް ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވާ މި ފިލްމް އަކީ ކުރިން މިމަހުގައި ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވާ ފިލްމްއެކެވެ. ފިލްމަކީ އެކްޓަރު ވަރުން ދަވަންގެ ބޭބެ ރޯހިތު ދަވަންގެ ތިން ވަނަ ޑައިރެކްޝަނެވެ. ދެހާސް އެގާރައިގެ "ދޭސީ ބޯއިސް" އިން ޑައިރެކްޝަނަށް ނުކުތް ރޯހިތު އެންމެ ފަހުން ގެނެސްދިނީ ވަރޫން އާއި ޖޯން އަބްރަހަމް ކުޅުނު 2016 ގެ "ޑިޝޫމް" އެވެ.
މީގެ ހަތަރު އަހަރު ކުރިން ނެރުނު ފިލްމު "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެ ކާމިޔާބާއެކު ވިދައިލި އެކްޓަރު "ޝެހެޒާދާ" ގައި ފެނިގެން ދާނީ ކްރިތީ ސެނޮން އާއި އެކުގައިއެވެ. މިއީ މި ދެތަރިން އެކުގައި ކުޅޭ ދެވަނަ ފިލްމެވެ. އެދެތަރިން އެކުގައިވަނީ 2019 ވަނަ އަހަރުގައި "ލުކާ ޗުޕީ" ކިޔާ ފިލްމްއެއް ގައި މަސައްކަތް ކޯށްފައިއެވެ.
ކޮމެންޓު ފޮނުވާ