ދުނިޔޭގެ ރޭންކިންގެ ދެވަނަ، ބެލްޖިއަމް ބަލިކޮށް މޮރޮކޯ ގްރޫޕްގެ އެއްވަނައަށް

ދުނިޔޭގެ ރޭންކިންގެ ދެވަނަ، ބެލްޖިއަމް ބަލިކޮށް މޮރޮކޯ ގްރޫޕްގެ އެއްވަނައަށް

ގުޅުންހުރި

ގަތަރުގައި މިހާރު ކުރިޔަށްދާ ވާރލްޑް ކަޕް ފުޓުބޯޅަ މުބާރާތުގައި، ދުނިޔޭގެ ރޭންކިންގެ ދެވަނާގައި އޮތް، ވަރުގަދަ ބެލްޖިއަމްގެ މައްޗަށް މޮރޮކޯއިން ބޮޑު ކާމިޔާބެއް ހޯދައިފިއެވެ.

ގަތަރުގެ އަލް ތުމާމާ ސްޓޭޑިއަމްގައި މިރޭ ކުޅެވުނު މެޗް މޮރޮކޯއިން ކާމިޔާބު ކޮށްފައިވަނީ 2-0 އިންނެވެ. މިރޭ ކުޅެވިގެންދިޔަ ފޯރިގަދަ މި މެޗްގެ ދަހާފުގައި ކޮންމެ ޓީމަކުންވެސް ރަގަޅު ކުޅުމެއް ދައްކާފައިވަނީ އެއް ހާފުގައެވެ.

މިގޮތުން މެޗްގެ ފުރަތަމަ ހާފްގައި ބެލްޖިއަމުން ރަގަޅު ކުޅުމެއް ދައްކާފައިވާއިރު، ދެވަނަ ހާފްގައި މޮރޮކޯއިންވަނީ ހުރިހާ ގޮތަކުންވެސް މެޗްގެ ކޮންޓްރޯލް އަތުލާފައެވެ. އަދި ފުރަތަމަހާފް ނިމެމުން ދަނިކޮށް މޮރޮކޯއިން ކާމިޔާބު ކުރި ގޯލެއް ރެފްރޯވަނީ އޮފްސައިޑް ގޯލެއްކަމަށް ނިންމާފައެވެ.

އެއާއެކު ދެވަނަ ހާފްގައި މޮރޮކޯއިން މޮޅު ކުޅުމެއް ދައްކާ، މި އަހަރުގެ ވާރލްޑް ކަޕްގައި ދުނިޔޭގެ ފުޓު ބޯޅައިގެން ވަރުގަދަ ބާރުތަކާއި ދެކޮޅަށް އާދައިގެން ޓީމުތަކުން ހޯދަމުންދާ ކާމިޔާބީގެ ސިލްސިލާ ވަނީ ތަކުރާރު ކޮށް ދީފައެވެ.

މިމެޗުގައި މޮރޮކޯއިން ކާމިޔާބުކުރި ފުރަތަމަ ގޯލް ކާމިޔާބު ކޮށްފައިވަނީ މެޗްގެ 73 ވަނަ މިނިޓްގައި މޮރޮކޯގެ ޓީމުގެ ޒަމަރިއްޔާ އަބޫޚުލާލްއެވެ. އަދި މެދު ކެނޑުމެއް ނެތި ބެލްޖިއަމްގެ ގޯލަށް ނުރައްކާ ކުރަމުންދިޔަ މޮރޮކޯއިން އެ ޓީމުގެ ދެވަނަ ގޯލް ކާމިޔާބު ކޮށްފައިވަނީ މެޗްގެ އިތުރު ވަގުތުގައެވެ.

ބެލްޖިއަމްއަކީ ދުނިޔޭގެ ރޭންކިންގައި ބްރެޒިލްއާއި ޖެހިގެން، ދެވަނައަށް ރޭންކު ކުރެވިފައިވާ ގައުމެވެ. އަދި އެގައުމުންވަނީ ފާއިތުވެދިޔަ ވާރލްޑް ކަޕްތަކުގައި އޮތް، ގުރޫޕް ސްޓޭޖްގެ 7 މެޗްވެސް ކާމިޔާބު ކޮށްފައެވެ.

މިރޭގެ މެޗް ބެލްޖިއަމްއަށް ކާމިޔާބު ކުރެވުނުނަމަ، އެގައުމު ވެގެންދާނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސަށްފަހު ނޮކްއައުޓް ސްޓޭޖަށް ކުއަލިފައިވާ 2 ވަނަ ގައުމުކަމުގައެވެ.

މިރޭގެ މެޗަކީ 1998 އަށްފަހު މޮރޮކޯއަށް ވާރލްޑް ކަޕްގެ މެޗެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އަދި މިއީ ވާރލްޑް ކަޕް މެޗެއް އެގައުމަށް ކާމިޔާބު ކުރެވުނު 3 ވަނަ ފަހަރުވެސް މެއެވެ.

މި މުބާމޮރޮޗޗޮރާތުގައި ބެލްޖިއަމްއިން ދެން މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ، 2018ވަނަ އަހަރުގެ ފައިނަލްގައި ކުޅުނު ކުރޮއޭޝިއާއާއެވެ. މިއީ ގުރޫޕް ސްޓޭޖްގައި އެ ގައުމުން ކުޅޭ ފަހު މެޗެވެ. މޮރޮކޯއިން ދެން ބައްދަލު ކުރާނީ ކެނެޑާއާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ