ވިނަރެސް ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފި

ވިނަރެސް ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފި

ރައީސް ޔާމިންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ވިނަރެސް ފުލެޓުތަށް ލިބޭ މީހުންގެ ވަގުތީ ލިސްޓް އެޗްޑީސީން އާންމު ކޮށްފިއެވެ.

ވިނަރެސް ފްލެޓް ލިބޭ ފަރާތްތަކުގެ މައުލޫމާތު އާންމު ކުރުމަށް މިއަދު އެޗްޑީސީގައި ބޭއްވުނު ރަސްމިއްޔާތުގައި އެ ކުންފުނީގެ މެޖޭޖިން ޑިރެކްޓަރ އަހުމަދު އާތިފް ވިދާޅުވީ ވިނަރެސް ފްލެޓްތަކަށް 1413 މީހަކު ފޯމު ހުށަހަޅާފައި ވާކަމުގައެވެ.

އިވޭލުއޭޝަން މަސައްކަތް ފާއިތުވެދިޔަ މަހުގެ ތެރޭގައި ކޮށްފައި ވަނީ އެ މަސައްކަތުގެ ތެރެއިން ފާހަގަވި ފޯމް ހުށަހަޅާފައިވާ މީހުންގެ ހުރިހާ ލިޔެކިއުންތައް ހުށަހަޅާފައި ނުވާކަން.

އެޗްޑީސީގެ އެމްޑީ އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވި ގޮތުގައި ފްލެޓްތައް ދިނުމުގެ މަސައްކަތް އެޗްޑީސީން ކުރަމުންދާނީ ވީހާވެސް ހާމަކަންބޮޑު ގޮތެއްގައެވެ.

އެޗްޑީސީގެ އިތުރުން މިއަދުގެ ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީގެ ސީނިއާ އެކްޒިކިއުޓިވް ޑިރެކްޓަރު މުހައްމަދު އާރިފްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭނާ ވިދާޅުވީ ފޯމް ލީ 1413 މީހުންގެ ތެރެއިން ވަގުތީ ލިސްޓުގައި ހިމެނެނީ 723 މީހުން ކަމަށެވެ. އަދި ފޯމްލީ މީހުންގެ ތެރެއިން މީހަކަށް ފްލެޓް ނުލިބި ދާނަމަ އެމީހަކު ލިސްޓުގައި ނުހިމެނިދަނީ ސައްހަ ސަބަބަކާއި ގުޅިގެންތޯ ނުވަތަ މިނިސްޓްރީގެ މައްސަލައަކުންތޯ ކަށަވަރުން ކުރަން މިނިސްޓްރީން ބޭނުން ވެއެވެ.

މިނިސްޓްރީއިން ވަރަށް ބޮޑަށް ކަށަވަރު ކުރަން ބޭނުންވޭ އެއްވެސް މީހަކު ކަޓައިގެން ދާއިރު އެ މީހަކު ކަޓައިގެން ދަނީ ސައްހަ ސަބަބަކާއި ގުޅިގެންކަން ނުވަތަ މިނިސްޓްރީގެ މައްސަލައަކުންތޯ.

މިނިސްޓްރީގެ ފަރާތުން މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި މުހައްމަދު އާރިފް ވިދާޅުވިއެވެ. އާރިފް އިތުރަށް ވިދާޅުވީ ފޯމުތައް ބަލައިގަތުމާއި އަދި އިވޭލުއޭޝަންގެ މަސައްކަތުގެ ތެރެއިންވެސް ރައްޔިތުންގެ އިތުބާރު ހޯދިފައިވާކަމަށް މިނިސްޓްރީން ގަބޫލު ކުރައްވައެވެ.

މިއަދު އެޗްޑީސީން އާންމުކުރި ވަގުތީ ލިސްޓުގައި ނުހިމެނޭ ފަރާތްތަކަށް ޝަކުވާހުށަހެޅުމަށް 3 ދުވަސް ލިބިގެން ދާނެއެވެ.

10 ޓަވަރު ހިމެނޭ ވިނަރެސް ފްލެޓްތަކުގައި ޖުމުލަ 1،344 އެޕާޓްމެންޓް ހިމެނެއެވެ. އެ އެޕާޓްމަންޓްތަކުގެ އަގު އުޅެނީ 2.5 މިލިއަނާއި ތިން މިލިއަނާ ދެމެދުގައެވެ. މި ޓަވަރުތައް އިމާރާތް ކޮށްފައިވަނީ ޗައިނާގެ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާއި ހަވާލުކޮށްގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. ކުރީގެ ވެރިކަމުގެ ޕްރޮޖެކްޓެއް ންންބްދަލުކުރިޔަސް އިނގޭނެ
    އިންޑިޔާމީހުންންކްށް ސްއްހަ މަސްއްކަތެއް ނުކުރެވޭ އަދި ވެދިޔަތަނަގައި ތިޔައީ ޗައިނާގެ ފުރިހަމަ ފްރޮޖެކްޓެއް ރިބްން ކަޑާލްނީ

  2. ކުރީގެ ވެރިކަމުގެ ޕްރޮޖެކްޓެއް ންންބްދަލުކުރިޔަސް އިނގޭނެ
    އިންޑިޔާމީހުންންކްށް ސްއްހަ މަސްއްކަތެއް ނުކުރެވޭ އަދި ވެދިޔަތަނަގައި ތިޔައީ ޗައިނާގެ ފުރިހަމަ ފްރޮޖެކްޓެއް ރިބްން ކަޑާލްނީ

Leave a Reply

Your email address will not be published. Required fields are marked *