ދަނގަޑޭ ފައިނަލަށް، މަރުހަބާ!

ދަނގަޑޭ ފައިނަލަށް، މަރުހަބާ!

Author
މުޙައްމަދު ޝަޒައިމް
22 ނޮވެމްބަރ 2020 01:04
0

އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ ޗެލެންޖުގެ ސެމީ ފައިނަލުގެ ވޯޓު ކާމިޔާބުކޮށް ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ފައިނަލް ބުރަށް ދަތުރުކޮށްފިއެވެ.

އަޝްފާގު ފައިނަލަށް ދަތުރުކޮށްފައިވަނީ  އޭނާއައި ވާދަކުރި އާބާދީގައި 97 މިލިޔަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ވިއެޓްނާމުގެ ގުޔެން ގުއެންގް ހައި އާއި ވާދަކޮށް 54.56 އިންސައްތަ ވޯޓެވެ. އޭނާއާއި ވާދަކުރާ ކުޅުންތެރިޔާ އަށް ލިބިފައިވަނީ 45.32 އިންސައްތަ ވޯޓެވެ.

އަޝްފާޤު މި ވޯޓް ކާމިޔާބް ކޮށްފައިވަނީ ވަރަށް ގިނަ ދިވެހި ރައްޔިތުންގެ ވޯޓާއި އެކުގައެވެ. އަދި އޭނާއަށް ވޯޓު ހޯދުމަށް އެތައްހާސް ބަޔަކު ކެންޕެއިންކޮށް ވޯޓު ހޯދުމަށް އެކި މަސައްކަތް ކޮށްފައިވެއެވެ. ދިވެހިންގެ ފަހުރުވެރި ޤާއުމި ކުޅިވަރު، އަދި ފަހުގެ ތާރީހުގައި ދިވެހިންގެ އުންމީދުތަށް ފުޓުބޯޅާގައި ހަސިލް ކޮށްދިން ދެކުނު އޭޝިޔާ ސަރަހައްދުގެ އެންމެ އިތުބާރު ފޯވާޑު އަލީ އަޝްފާޤު ފައިނަލަށް ދަތުރު ކުރުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.

 

"އޭއެފްސީ ބްރެކެޓް ޗެލެންޖް"ގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޮންގ ކޮންގްގެ ސައުތް ޗައިނާ ކްލަބަށް ކުޅެމުން އަންނަ ޗޭން ސިއު ކީ ވަނީ ހޯދާފައެވެ. އޭނާ ފައިނަލްގެ ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލުގައި މެލޭޝިއާގެ ސަފާވީ ރާޝިދްގެ މައްޗަށް ކުރިހޯދައިގެނެވެ. މިއަދު މެންދުރު 13:00 އަށް ވޯޓުލުމުގެ ވަގުތު ހަމަވިއިރު ޗޭން ސިއު ކީއަށް ލިބިފައިވަނީ ވޯޓުލީމީހުންގެ 51.61 އިންސައްތަ ވޯޓު ހޯދައިގެނެވެ. ސަފާވީ ރާޝިދަށް ލިބިފައިވަނީ 48.39 އިންސައްތަ ވޯޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.