ޑރ. ޝަހީމް

ރާއްޖޭގެ އިޖުތިމާޢީ ވެށި އިސްލާޙުކުރުމަށް ގިނަ މަސައްކަތްތަކެއްކުރަންޖެހޭ: ޑރ.ޝަހީމް

ރާއްޖޭގެ އިޖުތިމާޢީ ވެށި އިސްލާޙުކުރުމަށް ގިނަ މަސައްކަތްތަކެއްކުރަންޖެހޭ: ޑރ.ޝަހީމް

ރާއްޖޭގެ އިޖުތިމާޢީ ވެށި އިސްލާޙުކުރުމާއި ރިވެތި އަޚުލާޤު އާލާކުރަން ގިނަ މަސައްކަތްތަކެއްކުރަންޖެހޭކަމުގައި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.މުޙަންމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ކަމާއި އިސްލާމީ ޔުނިވަރސިޓީގެ ޗަންސެލަރުކަން ކުރައްވާފައިވާ ޑރ.ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޢަޤީދާއާއި އިޖުތިމާޢީ ބަހާތަކަށް ބެލުމެއް ނެތި ހަމައެކަނި މުއްސަދިކަން ހޯދަން ޤާއިމުކުރެވޭ ޙަޟާރަތްތައް ހަލާކުވެ ނެތިވެ ގޮސްފައިވާކަމީ އިންސާނީ ތާރީޚު ހެކިދޭ ޙަޤީޤަތެއްކަމަށެވެ. އަދި ރާއްޖޭގެ އިޖުތިމާޢީ ވެށި އިސްލާޙުކުރުމާއި ރިވެތި އަޚުލާޤު އާލާކުރަން ގިނަ މަސައްކަތްތަކެއްކުރަންޖެހޭކަމަށެވެ. އޭނާ މިހެން ވިދާޅުވީ ކޮންކަމަކަށް އިޝާރާތްކޮށްކަމެއް ވިދާޅެއް ނުވެއެވެ. އެހެންނަމަވެސް އިސްލާމްދީނާާއި ރާއްޖޭގެ ސަޤާފަތާ ޚިލާފު، ލާދީނީ ކަންކަން ފަހަކަށް އައިސް އިތުރުވަމުންދާތީ ޑރ.ޝަހީމް އަންނަނީ ދޭތެރެދޭތެރެއިން އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ރާއްޖޭގައި އިސްލާމްދީނާ ޚިލާފު އެތައް ކަމެއް ފަހަކަށްއައިސް އިތުރުވަމުންދާތީ ދީނީ ޢިލްމުވެރިންނާއި ޢާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ފަހަކަށްއައިސް ރާއްޖޭގައި ފާޅުގައި ދީނާ ޚިލާފު ކަންކަން ކުރުން އިތުރުވެފައިވެއެވެ. އެއްޖިންސުން ޖީންސީގުޅުން ހިންގުމުގެ މައްސަލަތަކާއި، މަސްތުވާތަކެއްޗައި ބަނގުރާ ބުއިންފަދަ ކުށްތައް ވަނީ އިތުރުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.