އިސްލާމިކް މިނިސްޓަރު ޝަހީމު ޗައިނާއަށް ފުރާވަޑައިގެންފި

އިސްލާމިކް މިނިސްޓަރު ޝަހީމު ޗައިނާއަށް ފުރާވަޑައިގެންފި

Author
އަހުމަދު
24 ޖޫން 2024 07:52
0

ރަސްމީ ދަތުރުފުޅެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޗައިނާ އަށް ފުރާވަޑައިގެންފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޝަހީމްގެ މި ދަތުރުފުޅަކީ މިއަދުން ފެށިގެން މިމަހުގެ 28 އަށް ޗައިނާގެ ސިންޖިއަންގ ރީޖަންގެ އުރުމްގީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޗައިނާ-ޔޫރޭޝިއާ އެކްސްޕޯގައި ބައިވެރިވެލެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މިދަތުރުގެ ތެރެއިން މިނިސްޓަރ، ޗައިނާގެ މުހިންމު މިސްކިތްތަކާއި އިސްލާމީ އެކަޑަމީ ތަކަށް ޒިޔާރަތް ކުރައްވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ޝުޖާއު އަބްދުލް ޙަކީމް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.