ހޮރްމޫޒް ހުޅުވުމަށް ހަތް ދުވަހުގެ ރޯޑްމެޕެއް އީރާނުން ހުށަހަޅައިފި

ހޮރްމޫޒް ހުޅުވުމަށް ހަތް ދުވަހުގެ ރޯޑްމެޕެއް އީރާނުން ހުށަހަޅައިފި

Author
އަހުމަދު
26 ސެޕްޓެމްބަރ 2026 09:35
0

ހޮރްމޫޒް ކަނޑުއޮޅި ހުޅުވައި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހަތް ދުވަހުގެ ރޯޑްމެޕެއް އީރާނުން ހުށަހަޅައިފިއެވެ.

މި ހުށަހެޅުމާ ބެހޭ ގޮތުން ހާމަކުރެއްވީ އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޣްޗީ، ނޫސްވެރިންނާ ބައްދަލުކުރެއްވި ބައްދަލުވުމެއްގައެވެ. އޭނާ ވިދާޅުވީ، މި ރޯޑްމެޕާ މެދު އެމެރިކާއިން އެއްބަސްވާނަމަ، އެއަށް ވަގުތުން އަމަލުކުރަން ފެށުމަށް އީރާން ތައްޔާރު ކަމަށެވެ.

މީގެ ރައްދުގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ޓޮމީ ޕިގޮޓް ބުނީ، ފުރަތަމަ ދުވަހުން ފެށިގެން އީރާނާއެކު ޑިޕްލޮމަސީގެ ތެރެއިން މައްސަލަ ހައްލުކުރުމުގެ ފުރުޞަތު އެމެރިކާއިން ހުޅުވާލާފައި ވާ ކަމަށެވެ. އަދި އެ މަގަށް ހުރަސް އަޅަމުން އަންނަނީ އެމެރިކާ ނޫން ކަމަށް ވެސް ޕިގޮޓް ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.