އަކްޝޭގެ ކާމިޔާބު ކޮމެޑި ފިލްމް "ހޭރާ ޕޭރީ" ގެ ތިންވަނަ ބައި ދޫކޮށްލައި އާ ފިލްމަކަށް އަނެއްކާ ވެސް ސޮއިކޮށްފި އެވެ. އެ ފިލްމް ކުޅެން އޭނާ ގެ އަގު ކުޑަކުރަން ބޭނުން ނުވީ ކަމަށް ބައެއް ރިޕޯޓް ތަށް ބުނެއެވެ.
މި ފިލްމްގައި އަކްޝޭ ދޫކޮށްލި ރޯލު މިހާރު ލިބިފައިވަނީ ޒުވާން އެކްޓަރު ކާތިކް އާރިޔާން އަށެވެ. މި އަހަރު ރިލީޒްކުރި ހިންދީ ފިލްމުތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލްމް ކަމުގައިވާ "ބޫލް ބުލައްޔާ 2″ އަކީ ވެސް އަކްޝޭ މީގެ ކުރިން ކުޅުނު ކާމިޔާބު ފިލްމް "ބޫލް ބުލައްޔާ"ގެ ސީކުއަލް އެކެވެ. އެ ފިލްމް ވެސް އަކްޝޭ އަތުން ގެއްލި ކާތިކް އަށް ލިބުނެވެ.
މިއީ އަކްޝޭ އާއި ސުނިލް ޝެޓީގެ އިތުރުން ޕަރޭޝް ރާވަލާ އެކު ގެނެސްދެމުން އައި އެއްޗެކެވެ. "ހީރާ ޕޭރީ" ގެ ފުރަތަމަ ބައި 2000 ވަނަ އަހަރު ގެނެސްދިނުމަށް ފަހު. "ޕިރް ހީރާ ޕޭރީ" ގެނެސްދިނީ 2006 ގަ އެވެ. ފުރަތަމަ ބައި ޑައިރެކްޓްކުރީ ޕްރިޔަދަރުޝަނެވެ. ދެވަނަ ބައި ހެދީ 2017 ގައި މަރުވި ނީރަޖް ވޯރާ އެވެ.
އަކްޝޭ ސޮއި ކުރި ފިލްމް އަކީ "ޑަބަލް އެކްސްއެލް" ގެނެސްދިން މުދައްސަރު އަޒީޒު ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ކޮމެޑީ "ކޭލް ކޭލް މޭ" އެވެ. މީގެ ކާސްޓްގައި ތާޕްސީ ޕައްނޫ އާއި ވާނީ ކަޕޫރާއި މަދުމަދުން ހިންދީ ފިލްމުތަކުން ވެސް ފެންނަ ޕަންޖާބީ އެކްޓަރު/ލަވަކިޔުންތެރިޔާ އައްމީ ވާކް ވެސް ހިމެނެ އެވެ.
ޓީ ސީރީޒުން ޕްރޮޑިއުސްކުރާ "ކޭކް ކޭލް މޭ" ގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށެވެ. މި ފިލްމު ވާނީ މުދައްސަރާ އެކީ އަކްޝޭ މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ.
ވާނީ އާއި ތާޕްސީއާ އެކީ އަކްޝޭ މީގެ ކުރިން ވަނީ މަސައްކަތްކޮށްފައިވެ އެވެ. ވާނީ އާއި އެކުގައި އަކްޝޭ ފެނިގެންދިއަ ފިލްމް އަކީ މިދިޔަ އަހަރު ރިލީޒްކުރި "ބެލް ބޮޓަމް" އެވެ. އަދި އަކްޝޭ އާއި ތާޕްސީ މަސައްކަތްކޮށްފައިވާ ފިލްމުތަކަކީ "ބޭބީ" އާއި އޭގެ ފޮލޯއަޕް "ނާމް ޝަބާނާ" އެވެ. އަކްޝެގެ 5 ފިލްމް އެއް މިއަހަރު ވަނި ރިލިޒް ކޮށްފައިއެވެ. އެހެން ނަމަވެސް އެއްވެސް މު ހުރިހާ ފިލްމް އަކީ ފްލޮޕް ފިލްްމްއެވެ.
ކޮމެންޓު ފޮނުވާ