ހުއްދަ ނުނަގައި ގަސް ވިއްކުމުގެ ވިޔަފާރިކުރާތީ މާލެ ސިޓީ ކައުންސިލަށް ކޮށްފައިވާ ޖޫރިމަނާ ނުދައްކައިފިނަމަ އެ ފިހާރަ ބަންދުކުރާނެކަމުގެ އިންޒާރު އިކޮނޮމިކް މިނިސްޓްރީން ދީފިއެވެ. އްދަ ނެތި ގަހުގެ ވިޔަފާރިކުރާ ކަމަށް ބުނެ އިކޮނޮމިކް މިނިސްޓްރީން މާލެ ސިޓީ ކައުންސިލް 10،000ރ. އިން ޖޫރިމަނާކޮށްފައެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު އިކޮނޮމިކް މިނިސްޓޤރީން ސިޓީ ކައުންސިލް ޖޫރިމަނާކުރީ 7 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އަމުރުކޮށްފައެވެ. ނަމަވެސް މިހާތަަނށް ފައިސާ ދައްކާފައި ނުވާތީ، ދެން މި މައްސަލާގައި އޮންނާނީ އެ ވިޔަފާރި ބަންދުކުރުންކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ސިޓީ ކައުންސިލަށް ވިޔަފާރިކުރެވޭނީ ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދައިގެން ކަމަށެވެ. ނަމަވެސް، ސިޓީ ކައުންސިލުން މިދިޔަ މަހުގެ 8 ވަނަ ދުވަހުގެ ރޭ "މާލެ ފެހި" ގެ ނަމުގައި ގަހާއި ގަސްކާނާ ވިއްކާ ފިހާރަ ހުޅުވީ އެފަދަ އެއްވެސް ކަމެއް ނުކޮށް ކަމަށެވެ.
ހުއްދަ ނުހޯދާ ވިިޔަފާރިކުރާ ކަމަށް ބަލައި އެ ކައުންސިލަށް ޖޫރިމަނާގެ ޗިޓް ހަވާލުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. ސިޓީ ކައުންސިލަށް ވިޔަފާރިކުރެވޭނީ ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދައިގެންނެވެ.
މާލޭ ސިޓީ ކައުންސިލްއިން ގަސް ވިއްކާތީ އަމާޒުވި ފާޑު ކިއުންތަކަށް ރައްދު ދެއްވައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކައުންސިލްއިން ގަސް ވިއްކި ނަމަވެސް އެފަދަ އެހެން ވިޔަފާރިތަކަށް ގެއްލުންވާނެ ކަމަށް ގަބޫލު ނުކުރައްވާނެ ކަމަށެވެ.
One Response
ޢިސްލަމިކް މިނިސްޓްރީން ކަލްންޑަރު ވިއްކާތާ އެތައް އަހްރެއް ވެއްޖެ.