ސާނިއާ އާއި ޝޮއެބް ވަކިވުމުގެ އަސްލަކީ ބަތަލާ އައިޝާ އޮމެރް

ސާނިއާ އާއި ޝޮއެބް ވަކިވުމުގެ އަސްލަކީ ބަތަލާ އައިޝާ އޮމެރް

Author
ފާތިމަތު ނާވީ
18 ނޮވެމްބަރ 2022 06:16
0

އިންޑިއާގެ މަޝްހޫރު ޓެނިސް ކުޅުން ތެރިއާ ސާނިއާ މިރްޒާ އާއި ޕާކިސްތާންގެ ކްރިކެޓް ތަރި ޝޮއޭބް މަލިކުގެ ކައިވެނި ނިމުމަކަށް އައިސްފައިވާކަމަށް މީޑިއާތަކުން ރިޕޯޓް ކުރުމާއި އެކުގައި އެމީހުންގެ އަމާން އޮމާން ޒަވާޖީ ހަޔާތުގައި ޖެހުނު ކުންޔަކީ ކޮބައިތޯ ބެލުމުގެ ޝައުގުވެރިކަން ސަޕޯޓަރުންގެ މެދުގައި ބޮޑުވެގެން ދިއައެވެ.

އަދި ވަރަށް ލޯބިން އުޅޭ މިދެމަފިރިން ވަރިވަނީ ޝޮއެބް ބޭވަފާތެރިވެގެން ކަމަށް ވެސް ގިނަބަޔަކު ގަބޫލު ކުރިއެވެ. ސަބަބީ ސާނިއާ ސޯޝަލް މީޑިއާއަށް ދޫކޮށްލި މެސެޖެވެ. ޝޮއޭބްގެ ބޭވަފާތެރިކަން ފަޅާއެރުން ސާނިއާ ވަނި އޭނާގެ އުދާސްތަށް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިއެވެ. އެގޮތުން އޭނާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ  ހިތް ހަލާކުވުމުން ދާނީ ކޮންތާކަށްތޯ؟ އެވެ.

 

View this post on Instagram

 

A post shared by Sania Mirza (@mirzasaniar)

އެއާއި އެކުގައި ސަޕޯޓަރުން ޝޮއެބް ގެ ބޯކޮޅު ބަލަމުން ދަނިކޮން މިވަނީ އޭނާގެ ހަޔާތުގައި އިތުރު އަންހެނަކު ޝާމިލް ވާކަން ފަޅައި އަރައިފައިއެވެ. އަދި އެއީ މަޝްހޫރު ސެލްބްރިޓީ އެކްޓަރެސް/ މޮޑެލް އައިޝާ އޮމެރް އެވެ.

ގިނަ ބަޔަކު ވަނީ އައިޝާ އަކީ ދެމަފިރިރންގެ ދެމެދަށް ވަންނަ މީހެއް ކަމަށްބުނެ ވަރަށް އެއްޗިހިކިޔައި ސޯޝަލް މީޑީއާގައި އޭނާ އާއި ދިމާ ކޮށްލައިފައިއެވެ. އަދި އެއީ ވަރަށް ދަށުދަރަޖައިގެ ކަމެއް ކަމަށްވެސް ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Ayesha Omar (@ayesha.m.omar)

ސާނިއާ އާއި ޝޮއޭބް ކައިވެނި ކުރީ 2010 ވަނަ އަހަރުގައިއެވެ. އަދި މި ކައިވެންޏަށް ވަނީ ފިރިހެން ކުއްޖަކުވެސް ލިބިފައިއެވެ. އެއީ މިހާރު 4 އަހަރުގެ އިޒާން މިރްޒާ މާލިކް އެވެ. މީ މެދެމީހުންގެ ވެސް ހުރި ހަމަ އެކަނި ދަރިފުޅެވެ.

 

View this post on Instagram

 

A post shared by Shoaib Malik (@realshoaibmalik)

ސާނިއާ މިހާރު ދިރިއުޅެމުން އަންނަނީ ދުބާއީގައިއެވެ. ޓެނިސްގެ އިތުރުން ސާނިއާ އަކީ ބައެއް އިޝްތިހާރު ތަކުން ވެސް ފެންނަ މީހެކެވެ. އަދި އޭނާ އަކީ ބޮޮލީވުޑްގެ ގިނަ ތަރިންނާއި ވަރަށް ގާތް ގުޅުންވެސް އޮންނަ ކުޅުން ތެރިއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.