ވައުދުތަކުގެ %94 އެކި މަރުހަލާތަކުގައި ދަނީ ހިގަމުން: ސަރުކާރު

ވައުދުތަކުގެ %94 އެކި މަރުހަލާތަކުގައި ދަނީ ހިގަމުން: ސަރުކާރު

Author
ހުސެއިން
17 ނޮވެމްބަރ 2022 07:56
0

ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު ވެރިކަމަށް ވަޑައިގެންނެވުމަށް ވެވަޑައިގެންނެވި ވައުދުތަކުގެ %94 އެކި މަރުހަލާތަކުގައި ދަނީ ހިގަމުން ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހުގެ ސަރުކާރަށް 4 އަހަރު ފުރުމާއި ގުޅިގެން އެ އޮފީހުގައި މިއަދު ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިއުވާން ވިދާޅުވި ގޮތުގައި، ސަރުކާރަށް 4 އަހަރު ފުރިގެންދާއިރު ފެންނަމުންދާ މަންޒަރަކީ ތަފާތު ކުރުމެއް ނެތި ހަމަހަމަ ކަމާއެކު ތަރައްގީ ފޯރުކޮށް ދެމުންދާތަން ކަމުގައެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ޗާގޮސްގެ މައްސަލާގެ ހުރިހާ މައުލޫމާތެއް ހާމައަށް ފެނާން އެބަހުރިކަމަށާއި، ނޫށްވެރިޔާ ރިޟުވާންގެ މަރުގެ މައްސަލާއިގެ ރިޕޯޓު މިއަހަރު ނިމުމުގެ ކުރިން ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާނެ ކަމުގައެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މި ހަފްތާގައި މަޖިލިހުން ފާސްކުރި ޓެކްސް ބިލް ރައީސް ތަސްދީގު ކުރައްވާނެކަމަށާއި، ފާއިތުވެދިޔަ އަަހަރު ތެރޭގައި އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން ހުރިހާ ފަރާތްތަކަށްވެސް ސިޔާސީ ހަރާކާތްތައް ހިންގުމުގެ ފުރުސަތު މި ސަރުކާރުން ފަހި ކޮށްދީގައި ވާކަމުގައެވެ.

ހަމަހަމަ 4 ގެ ނަމުގައި ސަރުކާރުން ދަނީ، ރައީސް ސާލިހުގެ ސަރުކާރަށް 4 އަހަރު ފުރުމާއި ގުޅިގެން މި ސަރުކާރުގެ ކާމިޔާބީތައް ސޯޝަލް މީޑިއާގައި ހާމަ ކުރަމުންނެވެ.

ރައީސް އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް 4 އަހަރު ފުރުމާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއުވާން ވިދާޅުވެފައިވަނީ، ރައީސް ސާލިހު ވެވަޑައިގެންނެވި ހުރިހާ ވައުދެއް ދައުރު ނިމުމުގެ ކުރިން ފުއްދަވާ ދެއްވާނޭކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Heelath
Thee dhoguvaahaka dhakkaafa meehun ah makaraaiheelathun kantha feyrumah thivazeefaaga ulhey meehe kaleymennaky hedhevifarathaves olhuvaaluma masssakaikuraa migaumaa ISLAM Dheenaa beeratehi laadheeniyathufathuraa baye kommedhuvahaku masthuvaathakechaa banguralaa uoorumas bodathi adhadhuthakun nathaalaavaaka thikiyanee ethakethi miverikamuga ammuvefavaale fulhaakan dheyhakodhey minvaru heyonuvAne dhenves avaha migaumu ihulaastheribayakaa havaalu kurey
G Gut
Konhaadhogeh miuvaan thihadhanee midarukaarun konksmeh kodhevigentha thifonikadanee kaleythee papeteh dhoa