ރާއްޖޭގެ ދީނީ ޝިއާރުތަކަށް ބިދޭސީން އިޙްތިރާމްކުރުމަށް އިލްތިމާސްކޮށްފި

ރާއްޖޭގެ ދީނީ ޝިއާރުތަކަށް ބިދޭސީން އިޙްތިރާމްކުރުމަށް އިލްތިމާސްކޮށްފި

ގުޅުންހުރި

ރާއްޖޭގެ ދީނީ ޝިއާރުތަކަށް ބިދޭސީން އިޙްތިރާމްކުރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ. އެ މިނިސްޓްރީން މިކަމަށް އިލްތިމާސްކޮށްފަިއި މިވަނީ، ދާދި ފަހުން އެހެން ދީންތަުގެ ބިދޭސީން ރާއްޖޭގެ ބައެއް ތަންތަނުގައި އެމީހުން ދީނުގެ ކަންކަން ކުރަމުން އަންނަ ފޮޓޯއާއި ވީޑިއޯ އާންމުވެފައިވަނިކޮށެވެ.

މިގޮތުން ދާދިފަހުން އެމްއެންޑީއެފް ގެ މހިމާޔަތުގައި ޔޯގާ އަޅުކަން ކުރާކަމަށް ބުނާ ފޮޓޯތަކެއްވެސް އާންމުވެފައިވެއެވެ. އަދި އައްޑޫ ސިޓީގައި މަގުހަދާ ކުންފުނިން އެ މަޝްރޫޢު ފެށުމުގެ ކުރިން ހިންދޫ ދީނުގެ އަޅުކަން ކުރާ ވީޑިއޯއެއް ޢާންމުވެފައިވެއެވެ.

މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އެހެން ދީންތަކުގެ ޝިޢާރު ފާޅުކުރުމާއިގުޅޭ ގޮތުން  އާއްމުކުރި ސަރކިއުލާގައި، ސިޓީ ކައުންސިލްތަކާ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން މިކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި، މިފަދަ މައްސަލަތަކުގައި ފިޔަވަޅުއަޅަންޖެހޭ ހާލަތުގައި ފިޔަވަޅު އަޅަމުން ގެންދިއުމަށް އިލްތިމާސްކޮށްފައެވެ.

ރާއްޖެއަކީ ގިނަ ޢަދަދަކަށް ބިދޭސީން މަސައްކަތް ކުރަމުންދާ އަދި، ފަތުރުވެރިންގެ ގޮތުގައިވެސް ގިނަ ޢަދަދެއްގެ ބޭރުމީހުން ކޮންމެ ދުވަހަކުވެސް ޒިޔާރަތްކުރާ ޤައުމެއްކަމަށާއި، އެހެންކަމުން ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާބެހޭ ޤާނޫނުގެ ޤަވާއިދުތަކަށް ފުރިހަމައަށް އިޙުތިރާމުކުރުމަށް، ފަތުރުވެރިންނަށް އިރުޝާދު ދިނުމަށް އިސްލާމިކް މިނިސްޓްރީގެ ސަރކިއުލާގައި ވަނީ ބުނެފައެވެ.

އަދި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމާބެހޭ ޤާނޫނުގެ ޤަވާއިދުގައި ވާގޮތުން، ދިވެހިރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަންބޮޑު ގޮތެއްގައި އެމީހުންގެ ދީނީ ޝިޢާރު ފާޅުކުރުމާއި، ޢާންމު ތަންތާނގައި ޖަމާޢަތް ހަދައިގެން އެފަދަ ދީނީ ޙަރަކާތްތައް ހިންގުމާއި، އެފަދަ އެއްވެސް ޙަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާކަމެއްކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ އެއްވެސް ޢާއްމު ތަނެއްގައި އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއްގެ އަޅުކަމާ ގުޅޭ އެއްވެސް ކަމެއް ހިންގުމަކީ ކަނޑައެޅިގެން މަނާ ކަމެއްކަމަށްވެސް ބުނެފައިވެއެވެ.. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި އުޅޭއިރު، ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްޓް ހައުސް ހިންގުމާއި ބެހޭ ޤަވާއިދާ އެއްގޮތަށް، އާއްމު އިޖްތިމާޢީ މިންގަނޑަށް ފެތޭ ފަދަ ހެދުމެއްގައި އުޅުމަށް ފަތުރުވެރިންނާ ބިދޭސީ މަސައްކަތްތެރިންނަށް އިރުޝާދު ދިނުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ