ފިހިގެން އައިޖީއެމްޗްގައި މިހާރު ފަރުވާ ދެމުންދަނީ އެންމެ މީހަކަށް

ފިހިގެން އައިޖީއެމްޗްގައި މިހާރު ފަރުވާ ދެމުންދަނީ އެންމެ މީހަކަށް

Author
ހުސެއިން
10 ނޮވެމްބަރ 2022 03:01
0

މާފަންނު ސެންޑްރޯސް ގޭގައި ހިންގާ ގަރާޖެއްގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވެއިވާއިރު، ފިހިގެން އައިޖީއެމްޗްގައި މިހާރު ފަރުވަ ދެމުންދަނީ އެންމެ މީހަކަށް ކަން ޚަބަރު އޮންލައިނަށް އެގިއްޖެއެވެ.

ޚަބަރު އޮންލައިނަށް ބައެއް ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި މިހާދިސާގައި ފިހިގެން އައިޖީއެމްއަށް އީއާރްގައި މިހާރު ފަރުވާ ދެމުންދާ މީހާ އޮތީ ވަރަށް ބޮޑަށް ފިހިފައެވެ. ޚަބަރު އޮންލައިނަށް މައުލޫމާތުދިން ބައެއް ފަރާތްތަކުން ކިޔައިދިން ގޮތުގައި އޭނާވަނީ ސިފަ ވަކި ކުރަން އުދަގީވާވަށް ފިހިފައެވެ.

މިހާދިސާގައި 10 މީހަކު ވަރުވެފައިވާކަން މިހާރު ކަށަވަރު ކުރެވިފައިވީ ނަމަވެސް، މިހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާކަމެއް ކަމަށް ބެލެވެއެވެ. އަދި ފުލުހުން މިހާރުވަނީ ގެއްލިފައިވާ ބައެއް މީހުން ހޯދަމުންނެވެ. މިގޮތުން ފުލުހުންވަނީ މާލެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީންގެ ތެރެއިން ރެއިން ފެށިގެން އެއްވެސް ޚަބަރެއް ނުވާ ބިދޭސީން މަޢުލޫމާތު ވީހާވެސް އަވަހަކަށް ފުލުހުންނަށް ފޯރުކޮށްދިނުމަށް އެދިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭގެ ހާދިސާގައި މަރުވި ބައެއް މީހުންގެ ހަށިގަޑުތައްވަނީ ވަކިކުރަން ނޭގޭވަަރަށް އަދާފައެވެ. މިގިތުން މަރުވި މީހުންނަކީ ކޮންބައެއްކަން ދެނެގަތުމުގެ މަސައްކަތް ފުލުހުން މިހާރުވެސް ދަނީ ކުރަމުންނެވެ.

މިހާދިސާ ހިގި ސަރަހައްދަގައި ހާދިސާއާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ ރޯވި އިމާރާތް ހިމެނޭހެން ހަތަރު ގެއަކުން މީހުން ހުސްކޮށްފައިވާ ކަމަށެވެ.

ރޭގެ އަލިފާނުގެ ހަދިސާގައި ރޯވެ އަދާފައިވަނީ ގަރާޖެއްގައެވެ. މި ގަރާޖުގެ މަތީ ފަންގިފިލާގައި ދިރިއުޅެމުންއައީ ބިދޭސީންނެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާ، ސްރީ ލަންކާ އަދި ބަންގްލާދޭޝް މީހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.