ބަތަލާ ސާރާ އަލީ ހާން އާއި އޮތް ލޯބީގެ ގުޅުން ނިމުން ފަހުން ހުސްހަށިބަޔަށް ހުރި ޒުވާން އެކްޓަރު ކާތިކް އާރިޔާންގެ ހަޔާތަށް އަނެއްކައިވެސް ބައިވެރިއަކު އަތުވެއްޖެއެވެ.
ސާރާ އާއި ކާތިކް ލޯބީގެ ގޮތުން ގުޅިގެން އުޅުނީ 2020 ވަނަ އަހަރު ދެމީހުން އެކުގައި ކުޅުނ ފިލްމް "ލަވް އާޖް ކަލް"ގެ ސެޓުން ދިމާވެގެންނެވެ. އެގުޅުން މާގިނަ ދުވަހަކު ދެމިއެއް ނޯތެވެ. ފިލްްމް ރިލީޒް ކޮށް މާގިނަ ދުވަހެއް ނުވެ އެގުޅުން ނިމުމަކަށް އައާއެވެ.
އެފަހުން ކާތިކް ހުރީ ސިންގަލްކޮންނެވެ. އެއި އެކި އިންތަވއިު ތަކުގައި އޭނާ ވަނީ އެވާހަކަ ރިޕީޓްވެސް ކޮށްފައިއެވެ. ގިނަ ބަޔަކު ގަބޫލު ކުރި ގޮތުގައި ސާރާގެ ލޯބިން އޭނާ އަށް އަދިވެސް އަރައި ނުގަނެވެނީއެވެ. ނަމަވެސް މިހާރު އަނެއްކަިއވެސް ކާތިކް ގެ ހަޔާތަށް ވަނީ ލޯބިވެރިއަކު އައިސްފައިއެވެ.
މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި ކާތިކް އާރިއާނާއި ރިތިކް ރޯޝަންގެ ކަޒިންއެއް ކަމަށްވާ ޕަޝްމީނާ ރޯޝަން އަންނަނީ ޑޭޓްކުރަމުންނެވެ. އަދި ދެމީހުން ވަރަށް ސިއްރުން ބައްދަލު ކުރަމުން އަންނަ ކަމަށްބުނެފައިއެވެ.
މީޑިއާތަކުން ބުނި ގޮތުގައި އެ ދެ މީހުންގެ މެދުގައި ވަރަށް ހާއްސަ ގުޅުމެއް އޮތްކަން މިހާރު ކަށަވަރެވެ. އަދި އެކަކު އަނެއްކަކު ގެއަށް ގޮސް ވަގުތު ހޭދަކުރާ ކަަމށްވެސް ވަނި ބުނެފައިއެވެ. އެހެން ކަމުން އެދެމީހުން ގެ އާއިލާއިންވެސް މި ގުޅުމަށް ރުހުން ދީފައިވާ ކަަމަށް ބެލެވެއެވެ.
ޕަޝްމީނާ އަކީ ރިތިކްގެ ބައްޕަ މަޝްހޫރު ޑައިރެކްޓަރު ރާކޭޝް ރޯޝަންގެ ކޮއްކޮ އަދި މިއުޒިކް ޑައިރެކްޓަރު ރާޖޭޝް ރޯޝަންގެ ދަރިއެކެވެ. ޕަޝްމީނާ މިހާރު އަންނަނީ ބޮލީވުޑަށް ވެސް ނުކުންނަން ތައްޔާރުވަމުންނެވެ. އެއީ "އިޝްގް ވިޝްގް ރީބައުންޑް" އިންނެވެ.