"ބްރައްމަސްތުރާ"ގެ ދޭވްގެ ރޯލަށް ވިޖޭ

"ބްރައްމަސްތުރާ"ގެ ދޭވްގެ ރޯލަށް ވިޖޭ

Author
ފާތިމަތު ނާވީ
10 ނޮވެމްބަރ 2022 07:24
0

ގިނަ ރެކޯޑްތަކެއް މުގުރާލި ކާމިޔާބު ފިލްމު "ބްރައްމަސްތުރާ"ގެ ދެވަނަ ބައިގާ "ދޭވް"ގެ ރޯލު ކުޅުމަށް ސައުތުގެ މަޝްހޫރު އެކްޓަރު ވިޖޭ ދެވަރަކޮންޑާއަށް ހުށައަޅައިފިއެވެ.

މީޑިއާ ރިޕޯޓަށް ބުނާގޮތުގައި މި ރޯލު ވިޖޭއަށް ހުށައަޅާފައިވާ އިރު، މި ރޯލު ވަނީ އިތުރު ތިން އެކްޓަރަކަށް ވެސް ހުށައަޅައިފައެވެ. އެއީ ބޮލީވުޑްގެ ހުނަރުވެރި އެކްޓަރު ރިތިކް ރޯޝައާއި ރަންވީރު ސިންގްގެ އިތުރުން "ކޭޖީއެފް" އިން މަގުބޫލުކަން ހޯދި އެކްޓަރު ޔަޝްއެވެ.

 

View this post on Instagram

 

A post shared by Yash (@thenameisyash)

ނަމަވެސް މި ތިން ތަރިން ކުރެ އެއްވެސް ތަރިއެއް އަދި ފިލްމަށް އާނ ބަސް ބުނެފައެއް ނުވެއެވެ. މިހާރު މި ފިލްމްގެ ރޯލު ވިޖޭއަށް ހުށައަޅައިފާވާ ކަމަށާއި ނަމަވެސް އޭނާ ވެސް އަދި ފިލްްމަށް ސޮއި ނުކުރާ ކަމަށް ޚަބަރުތައް ބުނެއެވެ.

 

View this post on Instagram

 

A post shared by Ranveer Singh (@ranveersingh)

"ދޭވް" ގެ ކެރެކްޓާއަކީ ބްރަމަސްތުރާގެ ދެވަނަ ފިލްމު ގައި ތަފާތު ގޮތަކަށް ތައާރަފް ކުރާނެ ކެރެކްޓާއެވެ. "ބްރައްމަސްތުރާ: ޕާޓް ވަން ޝީވާ" ގައި ދޭވްގެ ނަމުގައި އިތުރު ކެރެކްޓާއެއް އަދި ކަންތައްތަކެއް ހިނގާނެ ކަން ވަނީ ހާމަކޮށްފައެވެ.

 

View this post on Instagram

 

A post shared by Hrithik Roshan (@hrithikroshan)

"ބްރައްމަސްތުރާ" އަކީ އަޔާން މުކަރްޖީ ޑައިރެކްޓްކޮށް އާލިއާ ބަޓާއި ރަންބީރު ކަޕޫރު އެކުގައި ފެނިގެންދިޔަ ފުރަތަމަ ފިލްމެވެ. އަދި އެމީހުންގެ ލޯބީގެ ފެށުމަކީވެސް ހަމަ މި ފިލްމެވެ. އަދި ކައިވެނި ކޮށް އެމީހުންނަށް މިހާރު ވަނީ ދަރިއަކު ވެސް ލިބިފައެވެ.

 

View this post on Instagram

 

A post shared by Alia Bhatt 🤍☀️ (@aliaabhatt)

ބޮޑު ބަޖެޓަކުން ހަދާފައިވާ މި ފެންޓަސީ އެޑްވެންޗާ ފިލްމަކީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނުން ގެނެސްދިން ފިލްމެކެވެ. މިއީ ތިން ބަޔަކަސް ބަހައިލައިގެން ގެނެސް ދިނުމަށް ނިންމައިފައިވާ ފިލްމު ސީރީޒެކެވެ.

މި ފިލްމްގެ ފުރަތަމަ ބަޔަށް ބޮޑު ތަރުހީބެއް ލިނިފައި ވާއިރު އަޔާން މިހާރު އަންނަނީ މީގެ ދެވަނަ ފިލްމް ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރަމުނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަހްމަދު އަލީ
9 މީހުން މަރުވެގެން އުޅެއިރުވެސް ތިޔަނޫހުން ތިނޫން ހަބަރެއް ޕޯސްޓުކުރާކަށް ނޭގުނު ދޯ
ޢ ޢަހްމަދު އަލީ
މިއީ މިހަބަރު ޖަހަން މުނާސަބު ވަގުތެއް ނޫން. ޙަބަރު ނަގާފަ ފަހުން ޕޯސްޓު ކުރުން ރަނަގަޅު