ކޮޕް27: ރާއްޖޭގެ ޤައުމީ ބަޔާން މިރޭ އިއްވާނެ

ކޮޕް27: ރާއްޖޭގެ ޤައުމީ ބަޔާން މިރޭ އިއްވާނެ

މިޞްރުގެ ރައީސް، ޢަބްދުލް ފައްތާޙް އަލް ސީސީ އިންތިޒާމުކުރައްވައި ބޭއްވެވި ކްލައިމެޓް އިމްޕްލިމެންޓޭޝަން ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންފިއެވެ.

އ.ދ.ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް ( ކޮޕް 27) ބާއްވަނީ މިޞްރުގެ ޝަރްމުއްޝެއިޚްގެ އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރުގައެވެ.

މި ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، އާމިނަތު ޝައުނާ ބައިވެރިވެވަޑައިގެންނެވިއެވެ. މި ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މިއަދުގެ ވަގުތެއްގައި ދިވެހިރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވަވާނެއެވެ.

ކޮޕް27 އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ޕްލޭންތައް ބައިނަލްއަޤްވާމީ މުޖްތަމަޢުއާ ޙިއްޞާކުރުމަށާއި ދުނިޔޭގެ މޫސުމާގުޅޭ ކަންކަމުގައި ރާއްޖެއިން ވަކާލާތުކުރަމުން އަންނަކަންކަން ޙިއްޞާކުރުމަށް ރާއްޖެއަށް ފަހިވެގެންދާ މުހިންމު ފުރުޞަތެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *