ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް" ގައި ޖަޖެއްގައި ގޮތުގައި ފެންނަ ބޮލީވުޑްގެ ލަވަކިއުންތެރިއާ، މިޔުޒީޝަން ހިމޭޝް ރޭޝްމިއްޔާގެ އައު ފިލްމެއް އިޢުލާނުކޮށްފިއެވެ.
ހިމޭޝްގެ މިފަހަރުގެ ފިލްމަކީ ކުރިން 2014 ވަނަ އަހަރު ގެނެސްދިން އޭނާގެ ކާމިޔާބު ފިލްމު "ދި އެކްސްޕޯސް" ގެ ސްޕިން އޮފެކެވެ. "ދި އެކްސްޕޯސް" އަކީ 2014 ގައި ރިލީޒްކުރި ބެލުންތެރިންގެ ބޮޑޫ ތަރުހީބެއް ލިބުނު ފިލްމްއެކެވެ.
މި ސްޕިން އޮފްގެ ނަމަކީ "ބަޅާސް ރަވީ ކުމާރު" އެވެ. މިއީ އޭނާ ކުރިން ކުޅުނު ރަވީ ކުމާރާއި ގުޅުވައިގެން ގެނައި ނަމެކެވެ. މިހާރު ޓީޒާވެސް ދައްކާލާފައިވާ މި ފިލްމުގެ ލަވަތަކުގެ ތެރެއިން "ބަޓަފްލައި ޓިޓްލިޔާން" އާއި ޑައިރެކްޓަރުގެ ނަމާއި ފިލްމާ ބެހޭ އިތުރު މައުލޫމާތު ވެސް ވަރަށް އަވަހަށް ހާމަކުރާނެއެވެ. އާ ފިލްމުގެ ކުޅުމުގެ އިތުރަށް މީގެ ވާހަކަ އާއި ސްޓޯރީ އަކީ ވެސް ހިމޭޝްގެ މަސައްކަތެވެ.
ބޮލީވުޑްގެ އެތައް ފިލްމަކަށް މިއުޒިކް ތައްޔާރުކޮށްފައިވާ ހިމޭޝް އެކްޓިން އަށް ނުކުތީ 2007 ގެ "އާޕް ކާ ސުރޫރް" އެވެ. 49 އަހަރުގެ ފަންނާނު ކުޅުނު ފިލްމުތަކުގެ ތެރޭގައި 2008 ގެ "ކަރުޒް" އާއި 2010 ގެ "ކަޖުރޭ ރޭ އަދި 2016 ގެ "ތެރޭ ސުރޫރް" ހިމެނެ އެވެ. އޭނާގެ އެންމެ ފަހުގެ ފިލްމަކީ 2020 ވަނަ އަހަރު ދެއްކި "ހެޕީ، ހާޑީ އެންޑް ހީރް" އެވެ.
ކޮމެންޓު ފޮނުވާ