ބޮލީވުޑްގެ މިއުޒިކް އިންޑަސްޓްރީގައި ވަރުގަދަ ދެނަން ކަމުގައިވާ ގިނަ ފިލްމް ތަކަކަށް މަގުބޫލު އެތަށް ލަވަތަކެއް ކިޔައިފައިވާ ލަވަ ކިއުންތެރިއާ ޕަލަކް މުއްޗަލް އާއި މިއުޒިކް ޑައިރެކްޓަރު މިތޫން، ކައިވެނި ކޮށްފިއެވެ.
37 އަހަރުގެ މިތޫން އަކީ މިއުޒިކް ޑައިރެކްޓަރެއްގެ އިތުރުން ބޮލީވުޑްގެ ބައެއް ފިލްމް ތަކަށް ލަވަވެސް ކިޔައިފައިވާ ކުޅަދާނަ ފަންނާނެެކެވެ. އޭނާގެ މަސައްކަތުން އެންމެ ފާހަގަ ކޮށްލެވެނީ "އާޝިގީ 2″ ގެ "ތު މް ހީ ހޯ" ގެ މިއުޒިކްއެވެ.
ޕަލަކާއި މިތޫން ކައިވެނިކުރީ ހަމައެކަނި ދެ ފަރާތުގެ އާއިލާގެ މެމްބަރުންތަކެއް ބައިވެރިވި ހަފުލާއެއްގައި އިއްޔެ އެވެ. ޕަލަކް ވަނި އޭނާގެ ސޯޝަލް މީޑީއާގައި ދެމީހުންގެ ކައިވެނީގެ ފޮޓޯތަށް ހިއްސާކޮށްފައިއެވެ.
އަނެއްކޮޅުން 30 އަހަރުގެ ޕަލަކް "އާޝިގީ 2″ ގެ ލަވައެއް ކަމުގައިވާ "މެރި އާޝިގީ އަބް ތުމް ހިހޯ" އާއި، "ހާމޯޝިޔާ"، "ބާހްބަލީ: ދަ ބިގިނިން"، "ޕްރޭމް ރަތަން ދަން ޕާޔޯ"، "ސަނަމް ރޭ"، ފަދަ އެތަށް މަގުބޫލު ލަވަތަކެއް ކިޔައިފައި ލަވަ ކިއުންތެރިއެކެވެ.
ކޮމެންޓު ފޮނުވާ