އިނގިރޭސި އައު ސަރުކާރާއެކު އޮތް ގުޅުން އިތުރަށް ބަދަހިވެއްޖެ: ޝާހިދު

އިނގިރޭސި އައު ސަރުކާރާއެކު އޮތް ގުޅުން އިތުރަށް ބަދަހިވެއްޖެ: ޝާހިދު

Author
މުޙައްމަދު ޝަޒައިމް
04 ނޮވެމްބަރ 2022 08:09
0

އިނގިރޭސިވިލާތާއި، ރާއްޖެއާ އޮތް ގުޅުން މިހާރު އޮތް އައު ސަރުކާރާއިއެކު އިތުރަށް ބަދަހިވެފައިވާ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިނިސްޓަރ ޝާހިދު ވަނީ އެ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމަށް ސިފަކުރައްވާފައެވެ. އެގޮތުން އިނގިރޭސިވިލާތުގެ އައު ސަރުކާރާއެކު ގާތް ގުޅުމެއް އުފެދިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަޅުގަނޑު ޔަގީންކަންދެން މި ދަތުރުފުޅުގެ ސަބަބުން، އަޅުގަނޑުމެންގެ މިހާރު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ހިނގައްޖެކަން.

– މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓް ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެޤައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމަންޓް އެފެއާޒް، އާރޓް ޖޭމްސް ކްލެވަރލީއާ ބަދަލުކުރައްވާ ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް އިނގިރޭސިވިލާތަށް ޑިއުޓީ ފްރީ އެކްސެސް ހޯދުމަށް މަޝްވަރާކުރައްވާފައެވެ. މިނިސްޓަރ ޝާހިދާއި ފޮރިން ސެކްރެޓަރީ ވަނީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްތައް އިތުރުކުރުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގެ ތެރެއިން އެ ގައުމުގައި ދިިރިއުޅޭ ދިވެހިންނާއި ބައްދަލު ކުރެއްވިއެވެ. އަދި އެ ގައުމުގެ ސަރުކާރުގެ އިސް ބޭފުޅުންނާއި ބައްދަލު ކުރެއްވިއެވެ.

މިނިސްޓަރ ޝާހިދުގެ އަރިހުގައި ފޮރިން މިނިސްޓްރީގެ ވަފްދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.