ރީކޯ އަލުން ފިލްމް ކުޅެނީ

ރީކޯ އަލުން ފިލްމް ކުޅެނީ

Author
ފާތިމަތު ނާވީ
02 ނޮވެމްބަރ 2022 06:04
0

ރާއްޖޭގެ ކުރީގެ މަޝްހޫރު ފިލްމްސްޓާރު ރީކޯ މޫސާ މަނިކު ވަރަށް ގިނަ ދުވަސް ފަހުން އަލުން އަނެއްކާވެސް ފިލްމެއް ކުޅެން ފަށައިފިއެވެ.

ރީކޯ އަންނަނީ މި ފިލްމްގެ ޝޫޓިންގ ތަކުގައި މިހާރު ބައިވެރި ވަމުންނެވެ. އޭނާގެ އެނބުރި އައުން ފެނިގެންދާނީ މަޝްހޫރު ޑައިރެކްޓަރު މުހައްމަދު ނިޔާޒް ޓެޑްރީ މިހާރު ހަދަމުން އަންނަ "ލަސްވިޔަސް" އިންނެވެ.

ރެޑްރީ ވަނީ މޫސައާއި އެކުގައި ކުރިއަށް ދިއަ ޝޫޓިންގެ ބައެއް ފޮޓޯތަށްވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިއެވެ. އޭގައި އޭނާ ބުނީ ފުރަތަމަ ޑައިރެކްޓްކުރި ފިލްމު 1994 ގެ "ދެރިޔާ" އަށް އެތައް އަހަރެއް ފަހުން އަލުން އަނެއްކާ ވެސް "ލަސްވިޔަސް" ގައި މޫސައާ އެކީ މަސައްކަތްކުރެވިއްޖެ ކަމަށެވެ.

ޓެޑްރީ ހަދާ ފިލްމުން މޫސަ އަށް ދިން ރޯލަކީ ކޮވިޑްގައި ނިޔާވި އެކްޓަރު ހަސަން މަނިކު (ކޮއްޔަ) ކުޅެން އޮތް ރޯލެވެ. އެދެމީހުންނަކީ ވަރަށް ގާތް ދެމިހުންނެވެ. ކޮއްޔަ އަކީ ވެސް "ދެރިޔާ" ގެ މުހިއްމު ރޯލެއް ކުޅުނު ރާއްޖޭގައި ވަރަށް ފާހަގަކޮށްލެވުނު މޮޅު އެކްޓަރެކެވެ.

(ޕސްޓް)

މޫސަ އެންމެ ފަހުން ފެނިފައި ވަނީ 2011 ވަނަ އަހަރު ކޮއްޔަ ހަސަން މަނިކު ޕްރޮޑިއުސްކޮށް، ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓް ކުރި "އެ ބައްޕަ" ގެ ހާއްސަ ފެނިލުމަކުންނެވެ. މޫސަ އަކީ ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އެއް އެކްޓަރެވެ. އޭނަގެ ކެރިއަރުގައި ވަރަށް ކާމިޔާބު ފިލްމުތަކެއް ކުޅުނެވެ. އޭގެ ތެރޭގައި "ލޯބީގެ ތޫފާން"، "އިހުސާސް"، "ހައްގު"، "ފަތިސްހަނދުވަރު"، "ސިއްރު"، "އުމުރަށް"، "ނާއުންމީދު" އަދި "ގިނިހިލަ" ފާހަގަކޮށްލެވެ އެވެ.

ފިލްމް ކުޅުމާއި ފެޔަށް ޖެހުމަށްފަހު މޫސަ ފެނިގެންގޮސްފައިވަނީ ސިޔާސީ މައިދާނުންނެވެ. އެގޮތުން މަޖިލީހުގެ މެމްބަރަކަށް ވަޑައިގެން އެ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކޮށްފައިވެ އެވެ. މޫސަ އަކީ މިހާރު ވެސް ސިޔާސީ ދާއިރާގެ ނުފޫޒު ގަދަ ނަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލީރަޝީދު
ގަތްވަޅަށް މަރުވާން އަންނަކަމަށް އެބުނަނީ މިހެންވެގެންނެވެ. އެހެން ނޫނަސް ކިތަންމެ ސިޔާސީ ހެދިގެން އުޅުނަސް ތިމާއަށް މޮޅަށް އެނގޭކަމަކީވެސް އެއީއެވެ. ދޮގުހެދުމާއި ނެށުމެވެ.