މަންމާފުޅާ ކުރެއްވި އެންމެ ފަހު ކޯލު ކުރުކޮށްލެއްވުނީތީ ހެރީ އަދިވެސް ހިތާމަކުރޭ

މަންމާފުޅާ ކުރެއްވި އެންމެ ފަހު ކޯލު ކުރުކޮށްލެއްވުނީތީ ހެރީ އަދިވެސް ހިތާމަކުރޭ

Author
އަހުމަދު
22 އޮކްޓޯބަރ 2026 10:10
0

 

މަންމާފުޅު ޕްރިންސަސް ޑަޔާނާއާ ކުރެއްވި އެންމެ ފަހު ފޯނު ކޯލު ކުރުކޮށްލެއްވި ކަމާމެދު އަދިވެސް ހިތާމަކުރައްވާ ކަމަށް ޕްރިންސް ހެރީ ވިދާޅުވެއްޖެއެވެ.

ޖީކިއުގެ "ވަން މޯ ކުއެސްޗަން" ޕްރޮގްރާމުގައި 42 އަހަރުގެ ހެރީ ވިދާޅުވީ، މަންމާފުޅުގެ އަޑު އިވިވަޑައިގަންނަވާނެ އެންމެ ފަހު ފަހަރަކީ އެއީކަން އެނގިވަޑައިގެންނެވި ނަމަ އެ ކޯލު ވަރަށް ތަފާތުވީސް ކަމަށެވެ. 1997 ވަނަ އަހަރު ޕެރިހުގައި ހިނގި ކާރު އެކްސިޑެންޓެއްގައި ޑަޔާނާ އަވަހާރަވުމުގެ ގަޑިއިރުތަކެއް ކުރިން، ބެލްމޯރަލްގައި ތިއްބަވަނިކޮށް ގުޅުއްވި އެ ކޯލު، އެހެން ކުދިންނާ އެކު ކުޅުއްވަން ދުރުވުމަށް ބޭނުންފުޅުވެގެން ދެ ބޭފުޅުން ކުރުކޮށްލެއްވިކަން 2017 ގެ ޑޮކިއުމެންޓަރީއެއްގައި ހާމަކުރައްވާފައިވެއެވެ. އޭރު ހެރީގެ އުމުރުފުޅަކީ 12 އަހަރު، ވިލިއަމްގެ އުމުރުފުޅަކީ 15 އަހަރެވެ.

މަންމާފުޅު ދުނިޔޭގައި ހުންނެވި ނަމަ އާއިލާ އޮންނާނެ ގޮތާމެދު ގާތްގަނޑަކަށް ކޮންމެ ދުވަހަކު ވިސްނާވަޑައިގަންނަވާ ކަމަށާއި، 20 އަހަރު ވަންދެން އިހުސާސްތައް ފޮރުއްވުމަށް ފަހު ހިތާމައާ ކުރިމަތިލެއްވުމަށް މަގުފަހިވީ ތެރަޕީގެ ސަބަބުން ކަމަށް ހެރީ ވިދާޅުވިއެވެ. މި ވާހަކަފުޅުތައް ދެއްކެވީ ޑރ. މޭރީ-ފްރާންސިސް އޯކޮނާއާ އެކު މާސްޓަރކްލާސް މެދުވެރިކޮށް ހިތާމައާ ބެހޭ އާ ކްލާހެއް ފައްޓަވާފައި ވަނިކޮށެވެ.

2020 ވަނަ އަހަރު ޝާހީ ޒިންމާތައް ދޫކޮށްލައްވައި އެމެރިކާއަށް ބަދަލުވެވަޑައިގެންނެވި ހެރީއާއި މޭގަން، ދަރިކަލުން ޕްރިންސް އާޗީއާއި ޕްރިންސެސް ލިލިބެތު ގޮވައިގެން މިހާރު ވަނީ އެނބުރި އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.