ކިންގް ފަހަދު އެއާޕޯޓަށް ދިން ހަމަލާގައި އަށް މީހުން ޒަޚަމްވެއްޖެ

ކިންގް ފަހަދު އެއާޕޯޓަށް ދިން ހަމަލާގައި އަށް މީހުން ޒަޚަމްވެއްޖެ

Author
އަހުމަދު
22 އޮކްޓޯބަރ 2026 10:07
0

ސައުދީ އަރަބިއްޔާގެ އިރުމަތީ ސަރަހައްދުގެ ދައްމާމުގައި ހުންނަ ކިންގް ފަހަދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާއެއްގައި ބިދޭސީއަކު މަރުވެ، އަށް މީހުން ޒަޚަމްވެއްޖެއެވެ.

ސައުދީގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަނުން ބުނީ ޒަޚަމްވި މީހުންގެ ތެރޭގައި ކުދި އަނިޔާތަކާއި ބޮޑެތި އަނިޔާތައް ލިބުނު މީހުން ހިމެނޭ ކަމަށާއި، އެ އެންމެންނަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ ކަމަށެވެ.

މި ހަމަލާގެ ކުރިން، ސައުދީ އަރާމްކޯގެ ޝައިބާ ތެޔޮ ވަޅުތަކަށް ފޮނުވި ޑްރޯނެއް ވައްޓާލިއިރު، އެ ހާދިސާގައި ދެ މީހަކު މަރުވިކަން ސައުދީގެ އެނާޖީ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ޔަމަނުގެ ސަރުކާރާއި ހޫތީންނާ ދެމެދު ހަނގުރާމަ ގަދަވަމުންދާއިރު، ސައުދީގެ އެއާޕޯޓުތަކަށް ހަމަލާދިނުން ވެސް އިތުރުވެފައިވެއެވެ. މި މަހުގެ 10 ގައި ރިޔާޟްގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާއެއްގައި 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވިއިރު، 11 ގައި އެ އެއާޕޯޓަށް ދިން މިސައިލް ހަމަލާއެއްގައި މީހަކު މަރުވެ 11 މީހުން ޒަޚަމްވެފައިވެއެވެ.

މި ހާލަތުގައި، ސައުދީގައި ތިބި ޑިޕްލޮމެޓުންނާއި އެމީހުންގެ އާއިލާތައް ގައުމުން ފޭބުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އަންގާފައިވާއިރު، ރިޔާޟްގައި ހުންނަ އެމެރިކާގެ އެމްބަސީން ވެސް އިތުރު ހަމަލާތަކެއް އަންނާނެ ކަމަށް ބަލައި ސަލާމަތީ އިންޒާރެއް ނެރެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.