ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް، ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން މިއަދު ފާސްކޮށްފިއެވެ. އެހެންނަމަވެސް ސަރުކާރުގެ ހުށަހެޅުމާ އެއްގޮތަށް ޓެކްސް ބޮޑުކުރުމަށް މަޖިލިސް ކޮމިޓީން މިނިންމުން ފާސްކޮށްފައިވަނީ އެކޮމިޓީގައި ތިއްބެވި، މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މެމްބަރުންނާއި އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވޭ މެމްބަރުންގެ ތާއީދާ ނުލައެވެ.
މަޖިލިސް ކޮމެޓީން ޓެކްސް ބޮޑުކުރާ ބިލް ފާސްކުރަން ތާއީދު ކުރައްވާފައިވަނީ 50 މެމްބަރެކެވެ. ނުފެންނަކަމަށް 19 މެމްބަރުން ވޯޓު ދެއްވި އެވެ. ބެލެވޭ ގޮތުގައި މި ބިލް މަޖިލީހުން ފާސްކުރުމަށް މާދަމާ ވޯޓަށް އަހާނެއެވެ. މާދަމާގެ ޖަލްސާއިން މި އިސްލާހު ފާސްވެގެން ދިއުމާއެކު، އަންނަ ޖެނުއަރީމަހުން ފެށިގެން ޖީއެސްޓީ %8އަށް ޓީޖީއެސްޓީ %16އަށް ބޮޑުވެގެން ދާނެއެވެ.
ޓެކްސް ބޮޑުކުރުމަށް މިއަދުގެ ކޮމިޓީން ފާސް ކޮށްފައިވާއިރު، މި ކޮމިޓީގައި ނައިފަރު ދާއިރާގެ މެމްބަރުން، ޖީއެސްޓީއާއި ޓީޖީއެސްޓީ މިހާރުވެސް އޮތްވަރަށް ބޭއްވުމަށް އިސްލާހު ހުށަހެޅުއްވިއެވެ. އެހެންނަމަވެސް މިއިސްލާހާއި ދެކޮޅަށް އެމްޑީޕީގެ 56 މެމްބަރުން ވޯޓު ދެއްވާ މި އިސްލާހު ފެއިލް ކޮށްލާފައި ވެއެވެ.
މިއަދުގެ ކޮމިޓީ ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްވެސް މިބިލަށް ތިން އިސްލާހެއް ހުށަހެޅުއްވިއެވެ. އޭނާ ހުށަހެޅުއްވި ފުރަތަމަ އިސްލާހަކީ ޓީޖީއެސްޓީ %14 އަށް ބޮޑުކޮށް ކުރުމަށެވެ. އެހެންނަމަވެސް މި އިސްލާހަށް 46 މެމްބަރަކު ދެކޮޅު ހެއްދެވިއިރު އޭނާގެ އިސްލާހާ އެއްކޮޅަށް ވޯޓު ދެއްވާފައިވަނީ 15 މެމްބަރެކެވެ. އޭނާގެ ދެވަނަ އިސްލާހުގައި ބުނެފައިވަނީ ގެސްޓްހައުސްތަކުން ނަގާ ޓީޖީއެސްޓީއަށް ބަދަލު ނުނެގައުމަށެވެ. އެ އިސްލާހަށް 19 މެމްބަރަކު ތާއީދު ކުރެއްވިއިރު 44 މެމްބަރުން ވޯޓު ދެއްވާފައިވަނީ އެ އިސްލާހު ފާސް ނުކުރުމަށެވެ.
މި ދެ އިސްލާހުގެ އިތުރުން އޭނާވަނީ ބޮޑުކުރާ ޓެކްސް ނަގާ ތާރީޚު އަންނަ އަހަރުގެ އެޕްރިލްމަހަށް ފަސް ކުރުމަށްވެސް އިސްލާހު ހުށަހަޅުއްވާފައެވެ. އެހެންނަމަވެސް 45 މެމްބަރުންގެ ވޯޓުން އެއިސްލާހުވެސް ވަނީ ފެއިލް ކޮށްލާފައެވެ.
ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅުއްވާފައި އިސްލާހަށް އެމްޑީޕީގެ ނަޝީދު ފެކްޝަނަށް ތާއީދުކުރާ މެމްބަރުން ވަނީ ދެކޮޅު ހައްދަވާފައެވެ. އަދި ބައެއް މެމްބަރުން ވިދާޅުވެފައިވަނީ ޓެކްސް ބޮޑުކުރުމުގެ ބިލަށް ވޯޓު ދިނުމަށް ނެރެފައިވާ ތްރީލައިން ވިޕާއެއްގޮތަށް ވޯޓު ނުދޭނެ ކަމުގައެވެ.
One Response
ސަރުކާރުންކުރާާ އިސްރާފުތައްކުޑަކޮައްް ޕޮލިޓިކަލްމަގާމުތަކުގެެ މުސާރަތައްކުޑަކޮއްް މުސާރައިގެެ އިތުރުންް އެއްވެސްް އިނާޔަތެއްނުދޭގޮތައްް ކަތައްތައްބައްޓަންކޮއްފިއްޔާާ އެއްވެސްް ޓެކުހެއްނުނަގާވެސްް މުޅިގައުމުު ތަރައްގީކޮއްް ހިންގޭނެެ ކޮންހާބޭކާރުު މުއައްސަސާތަކާް ބޭކާރުއެމްބަސީީތަކުގެެ މުވައްޒަފުންނައްާ މިލިޔަނުންް ބިލިޔަނުންް ޚަރަދުކުރާވާހަކަަ އަޑުއިވެނީީ މީކޮންކަހަލަަ އިސްރާފުތަކެއްތޯޯ އާއްމުރައްޔިތުންބަނޑައްް މިމީހުންް އުފަލުންް އުދުހެނީީ މީއިންސާފުތަަ