ކަރެކްޝަންގެ އިސްވެރިން ގައިދީން ޑޮކްޓަރަށް ދެއްކުމުގެ އޮޕަރޭޝަނެއް ފަށައިފި

ކަރެކްޝަންގެ އިސްވެރިން ގައިދީން ޑޮކްޓަރަށް ދެއްކުމުގެ އޮޕަރޭޝަނެއް ފަށައިފި

Author
މުޙައްމަދު ޝަޒައިމް
29 އޮކްޓޯބަރ 2022 03:02
0

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންގެ ތެރެއިން ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކަންޖެހިފައި ތިބި ގައިދީންނާ އެކު ކަރެކްޝަންސްގެ ސީނިއާ އޮފިސަރުން ހަރަކާތްތެރިވާ ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

އޮޕަރޭޝަން ހޭހަންގެ ނަމުގައި ފަށާފައިވާ މި އޮޕަރޭޝަނަކީ ޖަލުގައި ތިބި ޤާއިދީންނާއި ބަންދުމީހުންގެ ތެރެއިން ސްޕެޝަލިސްޓުންނަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ މީހުން ތިބުމާއި އެކު، އެމީހުން ސްޕެޝަލިސްޓުންނަށް ދެއްކުމަށާއި، ޖަލުގައި ދެވެން ނެއް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ނުވަތަ އެނޫންވޭސް ސިއްޙީ ޚިދުމަތްދޭ މަރުކަޒަކަށް ގެންގޮސްގެން ދިނުމަށް ހިނގޭ ޚާއްސަ އޮޕަރޭޝަންއެކެވެ.

މި އޮޕަރޭޝަންގައި ހިމެނޭ އޮފިސަރުންގެ މައިގަނޑު މަސްއޫލިއްޔަތަކީ ޚާއްސަ ޑޮކްޓަރުންނަށް ދައްކަންޖެހޭ ޤާއިދީންނާއި ބަންދުމީހުން ހަދަންޖެހޭ ތަފާތު އެކި ޓެސްޓުތަކާއި ސިއްޙީ ޚިދުމަތްދޭ ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާ ހަމައަށް ޖަލުން އެސްކޯޓްކޮށް އެ ޚިދްމަތް ލިބޭނެ މަގުފަހި ކޮށްދިނުމެވެ.

މި އޮޕަރޭޝަންގައި ގައިދީންނާއި ބަންދު މީހުން ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދާއި، ކަރެކްޝަންގެ ސީނިއާ މެނޭޖްމަންޓް އޮފިސަރުން ދަނީ ހަރަކާތްތެރި ވަމުންނެވެ. މި އޮރޭޝަންގައި 70 އަށްވުރެ ގިނަ އޮފިސަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ގައިދީންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ރަނގަޅުކުރުމަށްޓަކައި އަަބަދުވެސް މަސައްކަތްކުރަމުންދާ ކަމަށް ކަރެކްޝަނުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.