މޫސުން ގޯސްވެ، ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށެވެ. މި އެލާޓް މެޓް އޮފީހުން ނެރެފައިވަނީ މިރޭ 22:15 އިން ފެށިގެން ދަންވަރު 2:00 އާއި ހަމައަށެވެ.
Yellow Alert for torrential rain and thunderstorms. pic.twitter.com/RJ1Og42RdR
— Maldives Meteorology (@MetMaldives) October 28, 2022
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ޔެލޯ އެލާޓް ނެރެފައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށް މޫސުމާއިބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
އެ އިދާރާއިން އެންމެފަހުން އާއްމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށާއި، ގުގުރުން އެކަށީގެންވެއެވެ. ވަކިން ޚާއްސަކޮށް ދެކުނުގެ ބައެއް އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.