ރަކުލް އަނެއްކާ ރާއްޖެ އަތުވެއްޖެ

ރަކުލް އަނެއްކާ ރާއްޖެ އަތުވެއްޖެ

Author
ފާތިމަތު ނާވީ
29 އޮކްޓޯބަރ 2022 04:19
0

ސައުތުގެ ފިލްމް އިންޑަސްޓްރީގެ އިތުރުން ބޮލިވުޑްގައި ވެސް މަޝްހޫރު ބަތަލާ ރަކުލް ޕްރީތު ސިންގް އަނެއްކާ ވެސް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ.

އޭނާ ވަނީ މީގެ ކުރިންވެސް ދެފަރެއްގެ މަތިން ރާއްޖެ އައިސްފައެވެ.

ބ. އަތޮޅުގައި އޮންނަ ފިނޮޅު ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އަންނަ ރަކުލް ވަނީ އޭނާގެ އިންސްޓަގްރާމުގައި އެ ރިސޯޓުގެ ބައެއް މަންޒަރުތައް ވެސް އާންމުކޮށްފަ އެެވެ.

ރާއްޖެ އަކީ ބޮލީވުޑްގެ ތަރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ. ބޮލީވުޑްގެ ތަރިއެއް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ނުދާ ދުވަސްކޮޅެއް މަދެވެ. އަދި ހަމަ އެހެންމެ އެއް ފަހަރަށް ވުރެ ގިނަ ފަހަރު މި ތަރިން ރާއްޖެއަށް ޒިޔާރަތް ކުރެެއެވެ.

 

View this post on Instagram

 

A post shared by Rakul Singh (@rakulpreet)

ރަކުލް އެންމެ ފަހުން ފެނިފައި ވަނީ މީގެ ދެ ދުވަހެއް ރިލީޒްކުރި "ތޭންކް ގޯޑް" އިންނެވެ. އިންސްޓަގްރާމްގައި ޗުއްޓީގެ ފޮޓޯތައް އާންމު ކުރަމުން އަންނަ ރަކުލް ބުނެފައިވަނީ ޗުއްޓީއެއް ލިބުމުން ޝުކުރުވެރިވާ ކަމަށެވެ.

 

View this post on Instagram

 

A post shared by JACKKY BHAGNANI (@jackkybhagnani)

ރަކުލް ވަނީ މި އަހަރުގެ ޖުލައިގައި އާއިލާއާ އެކީ ރާއްޖެ އަ އެވެ. ބޮލީވުޑްގެ ހަބަރުތަށް ގެނެސްދެ ނޫސްތަކުން ބުނި ގޮތުގައި ރަލުކް ރާއްޖެ އައީ ލޯބިެރވިޔާ އެކްޓަރު/ ޕްރޮޑިއުސަރު ޖެކީ ބަގްނާނީ އާއި އެކުގައިއެވެ.

 

View this post on Instagram

 

A post shared by Rakul Singh (@rakulpreet)

ރަކުލް އެންމެ ކުރިން ރާއްޖެ އައީ 2020 ގައި އާއިލާއާ އެކީގަ އެވެ. ބޮލީވުޑްގެ މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާއިންގެ ތެރޭގައި ހިމެނޭ 32 އަހަރުގެ ރަކުލްގެ ފަސް ފިލްމެއް މި އަހަރުގެ މިހާތަނަށް ރިލީޒްވެފައިވެ އެވެ. ރަކުލްގެ ކުރިއަށް އޮތް ފިލްމީ މަސައްކަތަކީ "ޗަތުރިވާލީ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.